ޚަބަރު
ގިނަ އަދަދެއްގެ ބަނގުރާ ފުޅިތަކަކާއެކު ބިދޭސިންތަކެއް ހައްޔަރުކޮށްފި

8 މެއި 2025 ގައި ހުޅުމާލެއިން ހޯދި ބަނގުރާ އަޅާފައިހުރި ފުޅިތައް، ފޮޓޯ: ޕޮލިސް
ގިނަ އަދަދެއްގެ ބަނގުރާ ފުޅިތަކަކާއެކު ބިދޭސިންތަކެއް ހުޅުމާލެއިން ހައްޔަރުކޮށްފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފައިވާ ގޮތުގައި ރޭ ހިނގި މި ހާދިސާގައި، ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައި ހުރި 500 މިލިލީޓަރުގެ 40 ފުޅި ވަނީ ފެނިފައެވެ.
މި ފުޅިތައް ފެނުނީ ހުޅުމާލެ ފޭސް 1، މިދިލި މަގުން ދުއްވާފައި ދިޔަ ވޭނެއް ބަލައި ފާސްކުރިއިރުއެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ އިންޑިއާއަށް ނިސްބަތްވާ ބިދޭސީންތަކެކެވެ. އޭގެ ތެރޭގައި ހިމެނެނީ ތަލަޕަތީ ޕުގަޒެންދީ، 27އ، ނަމަކަށް ކިޔާ މީހަކާއި އަދި ރާޖަގޯޕާލް ސެލްވަގަނަޕަތީ. 47އ. ނަމަކަށް ކިޔާ މީހެކެވެ.
Police have initiated an investigation after stopping van AB1B C4278 on Midhili Magu, Hulhumale Phase 1 tonight. Upon search, officers found 40 bottles (500ml) suspected to contain alcohol. 1/2 pic.twitter.com/8eokXgT8S0
— Maldives Police (@PoliceMv) May 8, 2025
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި މި މައްސަލަ އަންނަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.
މިދިޔަ މަހު ވެސް ބަނގުރަލުގެ މައްސަލަތަކުގައި ތިން ބިދޭސީއަކު ހައްޔަރުކޮށްފައި ވެއެވެ. އޭގެ ތެރޭގައި ހިމެނެނީ ނޭޕާލްގެ ދެ މީހަކާއި ބަނގުލަދޭޝް މީހެކެވެ. އޭގެ ތެރެއިން އެއް މައްސަލައިގައި 72 ދަޅު ބަނގުރާ ފެނިފައިވާއިރު އެހެން މައްސަލައެއްގައި 75 ބަނގުރާ ފުޅި ހިފައިގެން ވެހިކަލެއްގައި އުޅުނު ބިދޭސީއަކުވެސް ވަނީ ހައްޔަރުކޮށްފައެވެ.