Ads by Stelco

ޚަބަރު

ޔުމްނުއާ ސުވާލުކުރުމުގެ ފުރުޞަތު މިހާތަނަށް އަދި ނުލިބޭ، ތަހުޤީޤު ދަނީ ކުރިއަށް: ފުލުހުން

ޔުމްނުއާ ސުވާލުކުރުމުގެ ފުރުޞަތު މިހާތަނަށް އަދި ނުލިބޭ، ތަހުޤީޤު ދަނީ ކުރިއަށް: ފުލުހުން

ޝަހީދު ހުސެއިން އާދަމް ބިލްޑިންގ/ފޮޓޯ: އައްޑޫ ލައިވް

09 މޭ 2025، 06:05

މިދިޔަ މަހުގެ 18 ވަނަ ދުވަހު ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ހައްވާ ޔުމްނުއާ ސުވާލުކުރުމުގެ ފުރުޞަތު އަދި ލިބިފައި ނުވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ، ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް އަންހެނަކު ވެއްޓުނު މައްސަލަ ފުލުހުންނަށް އެ ދުވަހު ރިޕޯޓުކޮށްފައިވާކަމަށެވެ. އަދި ފުލުހުން ސީންއަށް އެޓެންޑްވި ހިސާބުން ފެށިގެންވެސް އަންހެން މީހާގެ ބަހެއް ހޯދުމަކީ ތަހުގީގަށް މުހިންމު ކަމެއްގެ ގޮތުގައި ދެކިވަޑައިގަންނަވާތީ، އެ ފުރުޞަތު ހޯދުމަށް މަސައްކަތް ކުރައްވާފައިވާކަމަށް ފުލުހުން މަޢުލޫމާތުދެއެވެ. 

ނަމަވެސް، އަންހެން މީހާގެ ޞިއްޙީ ޙާލަތު ހުރި ގޮތުންނާއި، އިތުރު އެކި ސަބަބުތަކާ ހުރެ އަންހެން މީހާއާއި ސުވާލުކުރުމުގެ ފުރުޞަތު މިހާތަނަށް ލިބިފައި ނުވާކަން ފުލުހުން ވަނީ ފާހަގަކުރައްވާފައެވެ. އަދި އެކަމަށް މަގުފަހިވީހާ އަވަހަކަށް ތަހުޤީޤުން އަންހެން މީހާއާއި ސުވާލުކުރުމަށް ބޭނުންވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ފުލުހުން ވިދާޅުވީ، މި މައްސަލައިގެ ތަހުޤީޤު މިހާރު ވެސް ހިނގަމުންދާ ކަމަށެވެ. އެގޮތުން މި މައްސަލައާއި ގުޅިގެން ސުވާލުކުރަންޖެހޭ  ފަރާތްތަކާ ސުވާލުކޮށް، އެ ފަރާތްތަކުން ފުލުހުންނަށް ދޭ މައުލޫމާތު ކަށަވަރުކުރުމަށް ތަހުޤީޤުން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450
ދ

ދިރާސާ

09/05/2025 18:24

ތިޔައީ ސަބަބުވެރި ޖަވާބެއްތޯ ސުވާލު ކުރަން ލިބޭ ފުރުސަތަކަށް އެފަކީރު ގާތުގައި ހޭއަރާނެ އިންތިޒާރަކަށް ފުލުހެއް ނުބެހެއްޓުނީ ކީއްވެތޯ މިހާރު ވާހަކަދައްކާ ކަމަށް އެވަނީ މިހާރުވެސް އެކަން ކުރެވޭނެ އަދި އޭނާ އަށް ފަރުވާދެވޭ ގައުމުން ވެސް ބަޔާންނެގިދާނެ