Ads by Aqeeqa Maldives

ޚަބަރު

މަގުމަތީގައި އުޅޭ ބުޅާތަކުގެ މައްސަލަ ހައްލުކުރުމަށް ޖަމިއްޔާތަކާ މަޝްވަރާކޮށްފި

މަގުމަތީގައި އުޅޭ ބުޅާތަކުގެ މައްސަލަ ހައްލުކުރުމަށް ޖަމިއްޔާތަކާ މަޝްވަރާކޮށްފި

ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ޖަމިއްޔާތަކާއި އެކު ބޭއްވި ބައްދަލުވުން. ފޮޓޯ: ވުޒާރާ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

11 މޭ 2025، 02:19

11 މޭ 2025، 02:19

މާލޭގެ އެކި މަގުތަކާއި އެކި ސަރަހައްދުތަކުގައި އުޅޭ ބުޅާ ތަކުގެ މައްސަލަ ހައްލުކުރުމަށް އަމިއްލަ ޖަމިއްޔާތަކާއި ދަނޑުވެރިކަމާ ދިރޭތަކެއްޗާއި ބެހޭ ވުޒާާރާއިން މަޝްވަރާކޮށްފިއެވެ. 

އެވުޒާރާއިން ބުނެފައިވަނީ މާލޭގެ އެކި ސަރަހައްދުތަކުގައި ވީއްލިގެން އުޅެމުންދާ ބުޅާތަކުގެ މައްސަލަ ހައްލުކުރުމާއި, ބުޅަލުގެ ނަޖިސް ގިނަވެ އާންމު އުނދަގުލަކަށް ވެފައިވުމުން އެކަން ހައްލުކުރުމަށް ކުރެވިދާނެ ކަންކަމާއި ބެހޭގޮތުން އެކަމާއި ގުޅުންހުރި ޖަމިއްޔާތަކާއި އެކު އެ ވުޒާރާއިން މަޝްވަރާކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން މި ބައްދަލުވުމުގައި "އޮޅުހިޔާ" އިތުރަށް ތަރައްޤިކުރުމަށް މިހާރު ކުރެވެމުންދާ މަސައްކަތްތަކުގެ އެންމެ ފަހުގެ މައުލޫމާތުތައްވެސް ޖަމިއްޔާތަކާއި ހިއްސާކުރެވިފައިވާނެ ކަމަށްވެސް އެވުޒާރާއިން ވަނީ ބުނެފައެވެ.

މި ބައްދަލުވުމުގައި މި ވުޒާރާގެ ކަމާ ގުޅުހުންހުރި ބޭފުޅުންނާ ސްޓޭޓް މިނިސްޓަރުން ބައިވެވަޑައިގެންނެވިއެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS