Ads by Aqeeqa Maldives

ޚަބަރު

މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި 555 މީހުންނާއި ކުދިންނަށް ގެވެށި އަނިޔާލިބި ރިޕޯޓުކޮށްފައިވޭ

މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި 555 މީހުންނާއި ކުދިންނަށް ގެވެށި އަނިޔާލިބި ރިޕޯޓުކޮށްފައިވޭ

ގެވެށި އަނިޔާއަށް ހޭލުންތެރިކުރުމުގެ ގޮތުން ތައްޔާރުކޮށްފައިވާ ޕޯސްޓަރެއް.

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

12 މޭ 2025، 12:10

12 މޭ 2025، 12:10

މިއަަހަރުގެ ފުރަތަމަ ކުއާޓަރުގައި 555 މީހުންނާއި ކުދިންނަށް ގެވެށި އަނިޔާލިބި ރިޕޯޓުކޮށްފައިވާ ކަމަށް ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ އިން ބުނެފިއެވެ.

އެފްޕީއޭއިން ނެރުނު ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ގެވެށި އަނިޔާގެ 402 މައްސަލައެއް އެއޮތޯރިޓީއަށް ހުށައެޅިފައިވެއެވެ.

 އެމައްސަލަތަކުގައި ޖުމްލަ 555 މީހުންނަށް އަނިޔާ ލިބިފައިވެއެވެ. މީގެ ތެރޭގައި ހިމެނެނީ 356 އަންހެނުންނާއި 162 ފިރިހެނުންނެވެ.

އެންމެ ގިނައިން ހުށަހެޅިފައިވަނީ ބަހުގެ ހަމަލާ ދިނުމާއި ނަފްސާނީގޮތުން އަނިޔާ ކުރުމުގެ މައްސަލަތަކެވެ. މިގޮތުން ނަފްސާނީގޮތުން އަނިޔާ ކުރުމުގެ 293 މައްސަލަ ހުށަހެޅިފައިވާ ކަމަށް ތަފާސް ހިސާޞުތަކުން ދައްކައެވެ.

 ދެވަނައަށް އެންމެ ގިނައީ ޖިސްމާނީ އަނިޔާގެ މައްސަލައެވެ. އެ ބާވަތުގެ 292 މައްސަލަ ފުރަތަމަ ކުއާޓާގައި ހުށަހަޅާފައިވެއެވެ. ހަމައެއާއެކު ބިރުދެއްކުމުގެ 153 މައްސަލަ ހުށަހަޅާފައިވެއެވެ.

ހުށަހެޅުނު މައްސަލަތައް ރިޕޯޓްކޮށްފައިވާ މުއައްސަސާތަކަށް ބަލާއިރު:

  •  އޮތޯރިޓީއަށް ސީދާ ހުށަހެޅުނު 4 މައްސަލަ
  •  ފުލުހުންނަށް ރިޕޯޓްކުރި 364 މައްސަލަ
  • މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓު އޮތޯރިޓީއަށް ރިޕޯޓް ކުރި 72 މައްސަލަ
  • ސިއްޙީ ޚިދުމަތްދޭ ފަރާތްތަކުން އޮތޯރިޓީއަށް ރިޕޯޓްކުރި 14 މައްސަލަ

ރާއްޖޭގެ ސަރަހައްދުތަކަށް ބަލާއިރު، އެންމެ ގިނަ މައްސަލަ ހުށަހެޅިފައިވަނީ މާލެ ސަރަހައްދުންނެވެ. އެގޮތުން މާލެއިން 215 މައްސަލަ ހުށަހެޅިފައިވާއިރު، ފުވައްމުލަކު ސިޓީން 55 މައްސަލައާއި، ހދ. އަތޮޅުން 51 މައްސަލަ ހުށަހެޅިފައިވެއެވެ. ނ، ވ، އަދި މ އަތޮޅުން މި މުއްދަތުގައި އެއްވެސް މައްސަލައެއް ހުށަހެޅިފައެއް ނުވެއެވެ.

ގެވެށި އަނިޔާގެ މައްސަލަތަކާ ގުޅިގެން އެހީއަށް އެދޭ ފަރާތްތަކުން ގުޅާނީ އެފްޕީއޭގެ ހޮޓްލައިން 1421 އަށެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS