ދުނިޔެ
ޓްރަމްޕް މެދުއިރުމައްޗަށް، ފުރަތަމަ ސަޢުދީއަށް

އެމެރިކާގެ ރައީސް ޓްރަމްޕް އަދި ޕްެރިންސް މުޙައްމަދު ބިން ސަލްމާން
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މެދުއިރުމަތީގެ 3 ޤައުމަކަށް ކުރާ ދަތުރު ފަށައި ސަޢުދީޢަރަބިއްޔާއަށް ގޮއްސިއެވެ.
ޓްރަމްޕް ސަޢުދީޢަރަބިއްޔާއަށް ދިޔުމުން މަރުޙަބާ ކިޔުއްވައިފައިވަނީ ސަޢުދީޢަރަބިއްޔާގެ ވަލީއަހުދު މުޙައްމަދު ބިން ސަލްމާނެވެެ.
މެދުއިރުމައްޗަށް ޓްރަމްޕް ފަށައިފައިވާ ދަތުރުގައި ޤަޠަރަށާއި އެކުވެރި ޢަރަބި އިމާރާތަށް ދިޔުމަށް ހަމަޖެހިފައިވެއެވެ. މިދަތުރުރަކީ ތިން ދުވަހުގެ ދަތުރެކެވެ.
ސަޢުދީޢަރަބިއްޔާއަށް ޓްރަމްޕް ކުރާ ޒިޔާރަތުގެ ބޭނުމަކީ އެމެރިކާއާއި މެދުއިރުމަތީގެ ގަލްފުގެ ޤައުމުތަކާއި އޮންނަ ގުޅުން ބަދަހިކުރުން ކަމަށް ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ބުނެފައިވެއެވެ. ސަޢުދީޢަރަބިއްޔާގައި އިންވެސްޓު ކުރެވެން ހުރި ފުރުސަތުތައް އެމެރިކާއިން ބަލަމުންދާކަމަށް މަސްރަޙުގެ ކަންކަން ބަލާ މުރާސިލުން ބުނެއެވެ.
ޓްރަމްޕްގެ މިދަތުރުގައި ސަޢުދީއާއިއެކު ވިޔަފާރި އެއްބަސްވުންތަކެއް ވެވޭނެ ކަމަށާއި ސަޢުދީއިން އިންވެސްޓް ކުރަން ނިންމާފައިވާ ޢަދަދު އިތުރުކުރަން ޓްރަމްޕް މަސައްކަތް ކުރާނެ ކަމަށްބެލެވޭ ކަމަށްވެސް މުރާސިލުން ބުނެއެވެ.
އަދި އެމެރިކާއިން އެންމެ ކަންބޮޑުވާ އިރާންގެ ނިޔުކްލިއާގެ މައްސަލާގައި ސަޢުދީޢަރަބިއްޔާ އާއި އެކު މަޝްވަރާކޮށް އިރާންގެ މައްޗަށް ގަދަވެގަތުމަށް އެމެރިކާއަށް ފަސޭހަވާނެ ކަމަށާއި އެހެންކަމުން ޓްރަމްޕްގެ މިދަތުރަކީ ހުރިހާ ކޮޅަކުންވެސް އޭނާއަށް “ވިން-ވިން” ދަތުރެއް ކަމަށް ބުނެއެވެ.