ދުނިޔެ

ގޫގުލްގެ ލޯގޯއަށް 10 އަހަރަށްފަހު ކުއްލި ބަދަލެއް ކީއްވެ؟

ގޫގުލްގެ ލޯގޯއަށް 10 އަހަރަށްފަހު ކުއްލި ބަދަލެއް ކީއްވެ؟

ގޫގުލްގެ ކުރީގެ އަދި މިހާރުގެ ލޯގޯ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

14 މޭ 2025، 01:58

14 މޭ 2025، 01:58

ދުނިޔޭގެ އެންމެ މަޤްބޫލު ސާރޗް އިންޖީނު ކަމުގައިވާ ގޫގުލްއިން 10 އަހަރަށްފަހު އެ ކުންފުނީގެ ލޯގޯއަށް ބަދަލެއް ގެނެސްފިއެވެ. މި ބަދަލާއެކު ލޯގޯގެ ފުރަތަމަ އަކުރު ކަމުގައިވާ "ޖީ" އަކުރުގައި ބޭނުންކޮށްފައިވާ ކުލަތަކަށް ވަނީ ބަދަލު ގެނެސްފައެވެ.

ކުރިން "ޖީ" އަކުރުގައި ހަތަރު ކުލަ ވަކިވަކިން ދައްކުވައިދީފައި ވީނަމަވެސް، މިހާރު ގެނެވުނު ބަދަލާއެކު ރަތް، ރީނދޫ، ފެހި އަދި ނޫ ކުލަ އެއްވެފައިވާ ގޮތަށް ފެންނަމުންދެއެވެ. މި ބަދަލާއެކު ލޯގޯގައި ކުލަތައް ވިއްސާރަދުނީގެ ކުލަތަކެކޭ އެއްފަދައިން އެއް ކުލައިން އަނެއް ކުލައަށް އެކުވެފައިވާ ކަހަލަ ގޮތަކަށް ފާހަގަކުރެވެއެވެ.

މި އައު ލޯގޯ ތަޢާރަފުކޮށްފައިވަނީ އާދީއްތަ ދުވަހު ގޫގުލްގެ އައިއޯއެސް އެޕްގެ އަޕްޑޭޓެއްގެ ގޮތުގައެވެ. ގޫގުލްއިން ބުނާ ގޮތުގައި އެންޑްރޮއިޑް ބޭނުންކުރާ ފޯނުތަކަށް ނެރެފައިވާ ގޫގުލް ބީޓާ އެޕްގެ 16.8 ވާރޝަންގައިވެސް މި އައު ކުލަތައް ހިމަނާފައިވެއެވެ. ނަމަވެސް މި ބަދަލު "ގޫގުލް" މި ނަމުގެ ހުރިހާ އަކުރުތަކަށް ގެންނާނެކަން އަދި ކަށަވަރުކޮށްދީފައެއް ނުވެއެވެ.

އަދި ހަމައެހެންމެ، މި އައު ލޯގޯ ގޫގުލްގެ އެހެނިހެން އެޕްތަކަށް، މިސާލަކަށް ކްރޯމް ނުވަތަ މެޕްސް ފަދަ އެޕްތަކަށްވެސް ގެންނާނެކަން އަދި ސާފުކޮށްދީފައެއް ނުވެއެވެ. ފާހަގަކޮށްލަންޖެހޭ ކަމަކީ ގޫގުލްގެ ލޯގޯއަށް އެންމެ ފަހުން ބަދަލެއް ގެނެސްފައިވަނީ 2015 ވަނަ އަހަރުގައެވެ.
                    

މި ލިޔުން ކިޔާލުމުން

Ads by MSS