Ads by Exprox

ޚަބަރު

އެމްއާރްއެމް އުވާލުމަށް އަނެއްކާވެސް އީސީ އިން ނިންމައިފި!

އެމްއާރްއެމް އުވާލުމަށް އަނެއްކާވެސް އީސީ އިން ނިންމައިފި!

ރައީސް މައުމޫން އަދި އެމަނިކުފާނުގެ ދަރިކަލުން ފާރިސް މައުމޫން. ފޮޓޯ: ޕީއެސްއެމް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

26 އޯގަސްޓު 2024، 04:42

26 އޯގަސްޓު 2024، 04:42

ހުލާސާ

ކުރީގެ ރައީސް މައުމޫނު ޢަބްދުލް ޤައްޔޫމްގެ މޭސްތިރިކަމުގެ ދަށުން ހިންގާ އެމްއާރްއެމް އުވާލުމަށް ރާއްޖޭގެ ސިޔާސީ ޕާޓީ ތަކުގެ ބެލެނިވެރިފަރާތް ކަމުގައިވާ އިލެކްޝަންސް ކޮމިޝަނުން އަނެއްކާވެސް ނިންމައިފިއެވެ. 

ކުރީގެ ރައީސް މައުމޫނު ޢަބްދުލް ޤައްޔޫމްގެ މޭސްތިރިކަމުގެ ދަށުން ހިންގާ އެމްއާރްއެމް އުވާލުމަށް ރާއްޖޭގެ ސިޔާސީ ޕާޓީ ތަކުގެ ބެލެނިވެރިފަރާތް ކަމުގައިވާ އިލެކްޝަންސް ކޮމިޝަނުން އަނެއްކާވެސް ނިންމައިފިއެވެ. 

އީސީއިން މިކަން ހާމަކޮށްފައިވަނީ އެ ކޮމިޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައެވެ. 

އީސީ އިން ބުނެފައިވަނީ ސިޔާސީ ޕާޓީގެ ޤާނޫނުން ލާޒިމްކުރާ 3,000 މެންބަރުންގެ އަދަދު އެމްއާރުއެމްގައި ހަމަނުވާތީ، އެ ޕާޓީ އުވާލުމަށް ނިންމާފައިވާކަމަށެވެ. 

މި މައްސަލައާ ގުޅިގެން، 2023 ވަނަ އަހަރުގެ ފެބްރުއަރީ 22 ވަނަ ދުވަހު އީސީން ވަނީ އެމްއާރުއެމްއަށް ތިން މަސްދުވަހުގެ ނޯޓިސްއެއް ދީފައިވާކަން ފާހަގަކުރެވެއެވެ. 

އެހެންނަމަވެސް އެމްއާރްއެމްއިން މިމައްސަަލަ ސިވިލް ކޯޓަށް ހުށައެޅިއެވެ. އަދި 2024 ވަނަ އަހަރުގެ ފެބްރުއަރީ 13 ވަނަ ދުވަހު ސިވިލް ކޯޓުންވަނީ އީސީގެ އެނިންމުމަކީ ޤާނޫނާއި ޚިލާފު ނިންމުމެއް ކަމަށެވެ. 

އޭރު ކޯޓުން ފާހަގަ ކޮށްފައިވަނީ އީސީން ދިން ނޯޓިސްގައި އެ މުއްދަތުގައި ކަންކުރާނެ ގޮތެއް ސާފުކޮށް ބަޔާންކޮށްފައި ނުވާކަމަށެވެ. އަދި ޕާޓީގެ މެންބަރުންގެ އަދަދާ ގުޅޭ ގޮތުން ވެސް ފުށުއެރުންތަކެއް ހުރި ކަމަށް ކޯޓުން ފާހަގަކޮށްފައިވެއެވެ.

ސިވިލް ކޯޓުގެ މި ނިންމުމާ ގުޅިގެން، އީސީން ވަނީ އެ ނިންމުން އިސްތިއުނާފު ކުރުމަށް ނިންމާފައެވެ. އަދި ކޯޓުން ވަނީ ޝަރީޢަތުގެ ޚަރަދުގެ ގޮތުގައި 50,000 ރުފިޔާ އީސީގެ ފަރާތުން އެމްއާރުއެމްއަށް ދެއްކުމަށް އަމުރުކޮށްފައެވެ

މި ލިޔުން ކިޔާލުމުން

Ads by Stelco