Ads by Aqeeqa Maldives

ޚަބަރު

ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން އެޗްޑީސީގެ އިސްވެރިންނާ ބައްދަލުކުރައްވައިފި

ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން އެޗްޑީސީގެ އިސްވެރިންނާ ބައްދަލުކުރައްވައިފި

ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން އެޗްޑީސީގެ އިސްވެރިންނާ ބައްދަލުކުރެއްވުން/ފޮޓޯ: ފުލުހުން

15 މޭ 2025، 08:21

ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ) ގެ އިސްވެރިންނާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި، ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ބައިވެރިވެވަޑައިގަތީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީނުގެ އިތުރުން، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއާއި، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މޫސާ އަލީއެވެ. ހަމަ އެހެންމެ، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ، ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ފައްޔާޟް މަންސޫރު، ޗީފް ޕްލޭނިންގ އޮފިސަރ އަޙްމަދު ޒިނާފް، އެކްޓިންގ ޑިވިޝަން ހެޑް (ކޮމާޝަލް) އަޙްމަދު އަސްލަމް، އަދި ޑިރެކްޓަރ އޮފް ބިޒްނަސް ޑިވެލޮޕްމަންޓް އެންޑް ސޭލްސް އަޙްމަދު ރަބީޢުއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މި ބައްދަލުކުރެއްވުމުގައި އެޗްޑީސީ އާއި ފުލުހުންގެ ޚިދުމަތުން ގުޅިގެން ކުރެވޭނެ ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ. އެގޮތުން، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ފުލުހުންގެ މަސައްކަތް ފުޅާކުރުމާއި ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ. ހަމަ އެހެންމެ، ހުޅުމާލޭގެ ރައްޔިތުންނަށް ފުލުހުންނާއި އެޗްޑީސީން ގުޅިގެން ފަސޭހަ އަދި ރައްކާތެރި މާހައުލެއް ކަށަވަރު ކުރުމަށް އިތުރަށް ކުރެވެންހުރި މަސައްކަތްތަކާ ގުޅޭ ގޮތުން ވެސް މަޝްވަރާ ކުރައްވާފައިވާކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS