Ads by Aqeeqa Maldives

ޚަބަރު

1446 ވަނަ އަހަރުގެ ޙައްޖު މިޝަންގެ މެމްބަރުން ސަޢުދީއަށް ފުރާވަޑައިގެންފި

1446 ވަނަ އަހަރުގެ ޙައްޖު މިޝަންގެ މެމްބަރުން ސަޢުދީއަށް ފުރާވަޑައިގެންފި

1446 ވަނަ އަހަރުގެ ޙައްޖު މިޝަންގެ މެމްބަރުން ސަޢުދީއަށް ފުރާވަޑައިގަތުން/ފޮޓޯ: އިސްލާމިކް މިނިސްޓްރީ

16 މޭ 2025، 03:47

1446 ވަނަ އަހަރުގެ ޙައްޖު މިޝަންގެ މެންބަރުން ސަޢުދީ ޢަރަބިއްޔާއަށް ފުރާވަޑައިގެންފިއެވެ. 

ޙައްޖު މިޝަންގެ މެމްބަރުންނަކީ، ޙައްޖުގެ މަތިވެރި އަޅުކަމަށް ރާއްޖެއިން ފުރާ ޙާޖީންގެ ކަންކަން ބެލެހެއްޓުމަށް ސަރުކާރުގެ ފަރާތުން ހަރަކާތްތެރިވާ ގްރޫޕެކެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ، ދިވެހި ޙާޖީންނަށް ކަންކަން ފަސޭހަކޮށްދިނުމަށް ސަޢުދީގެ ކަމާއި ބެހޭ ފަރާތްތަކާއި ގުޅިގެން ޙައްޖު މިޝަންގެ މެމްބަރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާނެ ކަމަށެވެ. އަދި ރާއްޖެއިން ޙައްޖުގެ މަތިވެރި އަޅުކަމަށް ވަޑައިގަންނަވާ  ޙައްޖާޖީންގެ އިންތިޒާމްތައް ރަސްމީ ގޮތެއްގައި ބެލެހެއްޓުމުގެ ގޮތުން އެކުލަވާލި މި މިޝަންގައި އެކި ދާއިރާތަކުގެ ބޭފުޅުން ހިމެނޭކަމަށް އެ ވުޒާރާއިން މަޢުލޫމާތުދެއެވެ. 

އެގޮތުން، ޙައްޖު މިޝަންގައި ޙައްޖު ސެކްޝަންގެ ބޭފުޅުންނާއި، ޙައްޖު ކޯޕަރޭޝަން ތަމްސީލް ކުރައްވާ ބޭފުޅުންނާއި، ދީނީ ޢިލްމުވެރިންގެ ބޭފުޅުން ހިމެނިވަޑައިގަންނަވާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މަޢުލޫމާތުދެއެވެ. ހަމަ އެހެންމެ، ޙާޖީންނަށް ޚާއްޞަ ޑޮކްޓަރަކާއި، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ މީޑިއާގެ އިތުރުން، ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) ގެ ބޭފުޅެއް ވެސް މި މިޝަންގައި ހިމެނޭކަމަށް އެ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.

މިއަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަމަށް ރާއްޖެއިން 1000 މީހުން ޙައްޖުގެ އަޅުކަމަށް ފުރާނެކަމަށް އެ ވުޒާރާއިން މަޢުލޫމާތުދެއެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS