Ads by Aqeeqa Maldives

ޚަބަރު

މުޖުތަމަޢުގައި އުޅޭ ތަފާތު މިޒާޖުގެ މީހުންނަކީ ޤައުމުގެ ކުރިއެރުމަށް ލިބޭ ބާރެއް: ރައީސުލްޖުމްހޫރިއްޔާ

މުޖުތަމަޢުގައި އުޅޭ ތަފާތު މިޒާޖުގެ މީހުންނަކީ ޤައުމުގެ ކުރިއެރުމަށް ލިބޭ ބާރެއް: ރައީސުލްޖުމްހޫރިއްޔާ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު/ފޮޓޯ: ރައީސް އޮފީސް

16 މޭ 2025، 04:50

މުޖުތަމަޢުގައި އުޅޭ ތަފާތު މިޒާޖުގެ މީހުންނަކީ ޤައުމުގެ ކުރިއެރުމަށް ލިބޭ ބާރެއްކަމުގައި ހަދަންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ، ބައިނަލްއަޤުވާމީ ގުޅިގެން ސުލްޙައާއި އަމާންކަމާއެކު ދިރިއުޅުމުގެ ދުވަހާ ގުޅިގެން "އެކްސް" ގައި ޙިއްސާކުރެއްވި ޕޯސްޓެއްގައެވެ.

މި ޕޯސްޓުގައިި ރައީސުލްޖުުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، މުޖުތަމަޢުގައި އުޅޭ ތަފާތު މިޒާޖުގެ މީހުންނަކީ ޤައުމުގެ ކުރިއެރުމަށާއި ތަރައްޤީއަށް ލިބޭ ބާރެއްކަމުގައި ހަދަންޖެހޭކަމަށެވެ. އަދި މިފަދަ ދުވަހެއް ބައިނަލްއަޤްވާމީ ފެންވަރުގައި ފާހަގަކުރާއިރު، އެންމެން ވެސް ގުޅިގެން، މުޖްތަމަޢުގެ އެންމެން ޝާމިލްކުރުމުގެ ސަޤާފަތެއް ޤާއިމްކުރުމަށް ރައީސް ވަނީ އިލްތިމާސްކުރައްވާފައެވެ. ހަމަ އެހެންމެ، އެންމެންނަށް އެކީގައި ސުލްހަވެރިކަމުގައި ދިރިއުޅެ، އެންމެނަށް އުފާ ފާގަތިކަން ލިބޭނެ ފަދަ މުޖްތަމަޢެއް އުފެއްދުމަށް އެމަނިކުފާނު ވަނީ ގޮވާލައްވާފައެވެ.

ބައިނަލްއަޤުވާމީ ގުޅިގެން ސުލްޙައާއި އަމާންކަމާއެކު ދިރިއުޅުމުގެ ދުވަސް ފާހަގަކުރަނީ، މުޖްތަމަޢުގެ ތެރޭގައި އުޅޭ އެކި މިޒާޖުގެ މީހުން ބަލައިގަނެ، ކޮންމެ މީހަކަށް ވެސް ދޭންޖެހޭ އިޙްތިރާމާއި ޤަދަރު ދީ، އެއްބައިވަންތަ މުޖްތަމަޢެއް ބިނާކުރުމުގެ މަޤްޞަދުގައެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS