Ads by Aqeeqa Maldives

ޚަބަރު

ޝަރުޢީ ދާއިރާގެ މިނިވަންކަމާއި، ޤާނޫނުގެ ވެރިކަން ދެމެހެއްޓުމަށް މި ސަރުކާރުން މަސައްކަތް ކުރައްވާނެ: ވަޒީރު ޚަލީލު

ޝަރުޢީ ދާއިރާގެ މިނިވަންކަމާއި، ޤާނޫނުގެ ވެރިކަން ދެމެހެއްޓުމަށް މި ސަރުކާރުން މަސައްކަތް ކުރައްވާނެ: ވަޒީރު ޚަލީލު

ޚާރިޖީ ވަޒީރު ޑޜ ޢަބްދުﷲ ޚަލީލް. ފޮޓޯ: ޞިއްޙީ ވުޒާރާ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

17 މޭ 2025، 01:07

17 މޭ 2025، 01:07

ޝަރުޢީ ދާއިރާގެ މިނިވަންކަމާއި، ޤާނޫނީ ވެރިކަން ދެމެހެއްޓުމަށް މި ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމަށް ޚާރިޖީ ވަޒީރު ޑރ ޢަބްދުﷲ ޚަލީލް ވިދާޅުވެއްެޖެއެވެ. 

ވަޒީރު ޚަލީލް މިހެން ވިދާޅުވީ އެކްސްގައި ކުރެއްވެވި ޕޯސްޓެއްގައެެވެ. 

ވަޒީރު ޚަލީލް ވިދާޅުވީ ރައީސް ޑރ. މުޙައްްމަދު މުޢިއްޒުގެ ސަރުކާރުން ޝަރުޢީ ދާއިރާއަށް ނުފޫޒު ނުފޯރުވާނެ ކަމަށެވެ. މީގެއިތުރުން، މި ސަރުކާރުން ޤާނޫނީ އިޖުރާއަތްތަކަށް އުނިކަމެއް ގެނައުމަށްވެސް އެއްވެސް މަސައްކަތެއް ނުކުރާނެ ކަމަށެވެ. 

ހަމަމިއާއިއެކު ރާއްޖޭގެ ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ވަކިކޮށްފައިވަނީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ކުރި ތަހުޤީޤަކަށްފަހު، ރައްޔިތުންގެ މަޖިލީހުން ކަމަށް ޚާލީލް ފާހަގަ ކުރެއްވިއެވެ.

ޝަރުޢީ ދާއިރާ މިނިވަންކަމާއި، ޤާނޫނުގެ ވެރިކަން ދެމެހެއްޓުމަށް ސަރުކާރުން މަސައްކަތް ކުރައްވާކަން ފާހަގަކުރައްވާ ވަަޒީރު ވަނީ އިދިކޮޅު ފަރާތްތަކުގެ ޒިންމާދާރު މަޤާމުތަކުގައި ތިބި ފަރާތްތަކުން، ބައިނަލްއަޤްވާމީ މުޖުތަމަޢުއާ މުއާމަލާތް ކުރާއިރު، ހަޤިޤަތާއި ތެދު މައުލޫމާތުގެ މައްޗަށް ބިނާކޮށް ވާހަކަދެއްކުމަށް އެދިވަޑައިގެންފައެވެ.

ވަޒީރު ޚަލީލް މިފަދަ ޕޯސްޓެއް ކުރައްވައިފައިިިމިވަނީ އިދިކޮޅު އެމްޑީޕީން ދާދިފަހުން ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލްއާ ބައްދަލުކުރައްވާ ޝަރުޢީ ނިޒާމު ހިސާރު ކުރުމުގެ މަސައްކަތް ރޯމާ ދުވާލު ސަރުކާރުން ކުރަމުންދާކަމަށް ތުހުމަތުކޮށް ވާހަކަ ދައްކަވައިފައިވާ ދަނޑިވަޅެއްގައެވެ.

އެމްޑީޕީގެ ފަރާތުން އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވީ އެ ޕާޓީގެ ރައީސް އަބްދުالله ޝާހިދު އާއި ކުރީގެ މަޖިލިސް މެންބަރު، ހުސެއިން ޝަމީމް އަދި ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު، މީކާއިލް އަހުމަދު ނަސީމެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS