Ads by Aqeeqa Maldives

ޚަބަރު

ދިވެހި ޙާޖީންގެ ފުރުން ހަމަޖެހިފައިވަނީ މިމަހު 26،27،29 އަދި 30 ގައި

ދިވެހި ޙާޖީންގެ ފުރުން ހަމަޖެހިފައިވަނީ މިމަހު 26،27،29 އަދި 30 ގައި

ދިވެހި ޙާޖިން ފުރަން ގޮސް. ފޮޓޯ: ޙައްޖު ކޯޕަރޭޝަން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

17 މޭ 2025، 05:35

17 މޭ 2025، 05:35

ހުލާސާ


މި އަހަރު ދިވެހި ޙާޖީން ފުރުމަށް ހަމަޖެހިފައިވާ ދުވަސްތަކަކީ މިމަހުގެ 26،27،29 އަދި 30 ކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ބުނެފިއެވެ.

ދިވެހި ޙާޖީން ހަތަރު މަތިންދާ ބޯޓެއްގައި ސަޢުދީ ޢަރަބިއްޔާއަށް ދިއުމަށް ހަމަޖެހިފައިވާއިރު، ބައެއް ޙާޖީން ސަޢުދީއަށް ގެންދާނީ މޯލްޑިވިއަން އެއާލައިންގައެވެ. ޙާޖީން ފުރާނީ މި މަހުގެ 26، 27، 29، 30 ގައެވެ.

އެގޮތުން 27 އަދި 29 ވަނަ ދުވަހު ޙާޖީން ސަޢުދީއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ މޯލްޑިވިއަންގެ މަތިންދާބޯޓުގައެވެ.

މިއީ އަހަރުތަކެއް ފަހުން ދިވެހިންގެ އަމިއްލަ ޤައުމީ އެއާލައިނުގައި ޙައްޖަށްދާ އަހަރެއްކަން ފާހަގަކޮށްލަންޖެހެއެވެ.

އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއުން ބުނެފައިވާގޮތުން، ފުރަތަމަ ފްލައިޓުގައި 235 ޙާޖީން ސަޢުދީއަށް ފުރާނެއެވެ. ދެވަނަ ފްލައިޓުގައި 257 ޙާޖީން، ތިން ވަނަ ފްލައިޓުގައި 250 އަދި ފަހު ފްލައިޓުގައި 250 ޙާޖީން ސަޢުދީޢަރަބިއްޔާއަށް ފުރާނެއެެވެ.

 މި އަހަރު ރާއްޖެ އިން 1،000 ޙައްޖުވެރިން ސަޢުދީއަށް ދެއެވެ.

ޙާޖީންގެ ފުރުން މި 4 ދުވަަހަށް ހަމަޖެހިފައިވާއިރު ރާއްޖޭގެ ޙައްޖު މިޝަންގެ ބޭފުޅުން މިހާރު ވަނީ ސަޢުދީ ޢަރަބިއްޔާއަށް ވަޑައިގެންފައެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS