ދުނިޔެ

ޣައްޒާގައި ހިންގަމުންދާ ޢަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށް، ވަގުތުން ހަނގުރާމަ ހުއްޓާލުމަށް ގޮވާލަން:ސަޢޫދީ ޢަރަބިއްޔާ

ޣައްޒާގައި ހިންގަމުންދާ  ޢަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށް، ވަގުތުން ހަނގުރާމަ ހުއްޓާލުމަށް ގޮވާލަން:ސަޢޫދީ ޢަރަބިއްޔާ

ވަޒީރު ޢާދިލް އަލް-ޖުބައިރު

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

18 މޭ 2025، 02:50

18 މޭ 2025، 02:50

ބަޣްދާދުގައި ބޭއްވުނު ޢަރަބު ލީގުގެ އިސް ފެންވަރުގެ ބައްދަލުވުމެއްގައި، ސަޢޫދީ ޢަރަބިއްޔާއިން ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ހަނގުރާމަވެރި ޢަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށް، ވަގުތުން ހަނގުރާމަ ހުއްޓާލުމަށް ގޮވާލައިފިއެވެ. އަދި ފަލަސްޠީނު ރައްޔިތުން އެމީހުންގެ ވަޠަނުން ބޭރުކުރުމަށް ކުރެވޭ އެއްވެސް މަސައްކަތެއް ބަލައިނުގަންނާނެކަމަށްވެސް ސަޢޫދީ ޢަރަބިއްޔާއިން ހާމަކޮށްފައިވެއެވެ.

މި ބައްދަލުވުމުގައި ވާހަކަދެއްކެވި ސަޢޫދީ ޢަރަބިއްޔާގެ ބޭރު ކަންތައްތަކާ ބެހޭ ދައުލަތުގެ ވަޒީރު ޢާދިލް އަލް-ޖުބައިރު ވިދާޅުވީ، ޣައްޒާގައި އިސްރާއީލުގެ ސިފައިން ހިންގަމުންދާ އަނިޔާވެރި ޢަމަލުތަކަކީ ބައިނަލްއަޤްވާމީ އިންސާނީ ޤާނޫނާއި އދ. ގެ ޗާޓަރުގެ މާއްދާތަކާ ޚިލާފު ކަންތައްތަކެއް ކަމަށެވެ.

އަލް-ޖުބައިރު އިތުރަށް ވިދާޅުވީ، "ފަލަސްޠީނު ރައްޔިތުންނަށް ކުރިމަތިވެފައިވާ އިންސާނީ ވޭނުން ސަލާމަތްކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަކީ އަޅުގަނޑުމެން އެންމެންގެ އަޚްލާޤީ އަދި ސިޔާސީ ޒިންމާއެކެވެ." އަދި ފަލަސްޠީނު ރައްޔިތުން ބަދަލުކުރުމުގެ އެއްވެސް ޢަމަލެއް ސަޢޫދީ ޢަރަބިއްޔާއިން ބަލައިނުގަންނާނެކަމަށާއި، އެފަދަ ޢަމަލުތަކުން ހަމައެކަނި ކުރާނީ މައްސަލަ އިތުރަށް ގޯސްވެ، ކުރިން ވެސް ގެއްލުންތަކާ ކުރިމަތިލާންޖެހިފައިވާ ބަޔަކުގެ ޙައްޤުތަކަށް އުނިކަން ގެނައުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ސަޢޫދީ ޢަރަބިއްޔާއިން މިފަދަ ބަޔާނެއް ނެރުނީ، އެމެރިކާގެ މީޑިއާ ވަސީލަތްތަކުން ރިޕޯޓުކުރަމުންދާ ގޮތުގައި، ޓްރަމްޕް އިދާރާއިން ޣައްޒާގެ އެއް މިލިއަނަށްވުރެ ގިނަ ފަލަސްޠީނުން ލިބިޔާއަށް ބަދަލުކުރުމުގެ ޚިޔާލެއް ބަލަމުންދާ ވަގުތެއްގައެވެ. ކުރީގެ އެމެރިކާެރިކާގެ އޮފިޝަލެއްގެ ހަވާލާއާއެކު، މި ހުށަހެޅުން ލިބިޔާގެ އިސްވެރިންނާ ހިއްސާކުރެވިފައިވާކަމަށް ބުނެވެއެވެ. އަދި މިފަދަ މަޖުބޫރުން ބަދަލުކުރުމުގެ ޢަމަލުތަކާމެދު ބައިނަލްއަޤްވާމީ ޤާނޫނުގެ ދަށުން ބޮޑެތި ކަންބޮޑުވުންތައް އުފެދިފައިވާކަމަށްވެސް ރިޕޯޓުކުރެވެއެވެ.

ސަޢޫދީ ޢަރަބިއްޔާގެ މި ބަޔާނަކީ، ޣައްޒާގެ ހަނގުރާމަ ޙައްލުކުރުމަށް ބޭރުގެ ފަރާތްތަކުން ކުރާ މަޖުބޫރު ބަދަލުކުރުމުގެ މަސައްކަތްތަކަށް ހަރުކަށި އިބާރާތުން ދެކޮޅުހަދާ ބަޔާނެކެވެ. އަދި ފަލަސްޠީނު ރައްޔިތުންގެ ޤާނޫނީ އަދި އިންސާނީ ޙައްޤުތައް ރައްކާތެރިކޮށް، ޢަދުލުވެރިކަމާއި ހަމަހަމަކަމާއި މިނިވަންކަމުގެ މައްޗަށް ބިނާކޮށް ސުލްޙަ ޤާއިމުކުރުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުއަށް ގޮވާލުމެކެވެ.

ސަޢޫދީ ޢަރަބިއްޔާއިން އިތުރަށް ބާރުއަޅާފައިވަނީ، އިސްރާއީލު-ފަލަސްޠީނު ހަނގުރާމައަށް ޢަދުލުވެރި އަދި ފުރިހަމަ ޙައްލެއް ހޯދުމަށެވެ. މިގޮތުން، 1967 ވަނަ އަހަރުގެ ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޖެރޫސަލަމް ވެރިރަށް ކަމުގައި ހަދައިގެން، މިނިވަން އަދި ސިޔާދަތީ ފަލަސްޠީނު ދައުލަތެއް ޤާއިމުކުރުމަށް ސަޢޫދީ ޢަރަބިއްޔާއިން ގޮވާލައިފައިވެއެވެ. އަދި އަދި ފަލަސްޠީނު ރައްޔިތުންގެ މިނިވަންކަމުގެ ޙައްޤު އުނިކުރާ އެއްވެސް ސިޔާސީ އެއްބަސްވުމެއް ނުވަތަ ސުލްޙައިގެ ޕްލޭނެއް ބަލައިނުގަންނާނެކަމަށްވެސް ސަޢޫދީ ޢަރަބިއްޔާއިން ހާމަކޮށްފައިވެއެވެ.


                    

މި ލިޔުން ކިޔާލުމުން

Ads by MSS