ދުނިޔެ

ޣައްޒާގެ އެތަން މިތަނަށް ބޮން އަޅައި ރޭ ދަންވަރުންފެށިގެން މިހާތަނަށް 125 މީހުން ޝަހީދުކޮށްލައިިފި

ޣައްޒާގެ އެތަން މިތަނަށް ބޮން އަޅައި ރޭ ދަންވަރުންފެށިގެން މިހާތަނަށް 125 މީހުން ޝަހީދުކޮށްލައިިފި

ފަލަސްޠީނުގެ ޝަހީދުން. ފޮޓޯ: ފަލަސްޠީނުގެ ޖާނަލިސްޓް މުޢްތަސިމް އަޙްމަދު

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

18 މޭ 2025، 04:08

18 މޭ 2025، 04:08

ރޭ ދަންވަރުންފެށިގެން އިޒްރާއިލް ސިފައިން ޣައްޒާގެ އެތަން މިތަނަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 125 މީހުން ޝަހީދު ކޮށްލައިފައިވާ ކަމަށް ޣައްޒާގެ މެޑިކަލް މަސްދަރުތަކަށް ހަވާލާދީ އަލްޖަޒީރާގައި ބުނެފިއެވެ. 

ދެއިރް އަލް ބަލަހް، ނުސައިރަތް ރެފިޔުޖީ ކޭމްޕް، ޖަބަލިއްޔާ، އަލް ސަފްތާވީ ނެއިބަރހުޑް އަދި އިޒްރާއިލުން ސޭފް ޒޯނެއްކަމަށްބުނާ އަލް މަވާސީއަށްވެސް ބޮމުގެ ހަމަލާތައް ދީފައިވެއެވެ. އަލްމަވާސީއިން އެކަނިވެސް 36 މީހަކު ވަނީ ޝަހީދުވެފައެވެ. 

އިޒްރާއިލްގެ ވަރުގަދަ ހަމަލާތަކުގެ ސަބަބުން ޣައްޒާގެ ޞިއްޙީ ޚިދުމަތްދޭ މަރުކަޒުތައް ހަލާކުވެފައިވާއިރު މިވަގުތު ޣައްޒާގެ އުތުރުގެ ހުރިހާ ހޮސްޕިޓަލެއް ހުރީ ޚިދުމަތް މެދުކެނޑިފައި ކަމަށް ޣައްޒާގެ ޞިއްޙީ ވުޒާރާއާއި ހަވާލާދީ އަލްޖަޒީރާގައި ބުނެފައިވެއެވެ.

ޣައްޒާގެ ޙާލަތު ދުނިޔެއަށް ފޯރުކޮށްދިނުމަށް މަސައްކަތް ކުރާ ނޫސްވެރިޔާ މުޢުތަސިމް އަހްމަދު ދަލޫލް ދަނީ ޣައްޒާގެ އެތަންމިތަނަށް ދެމުންދިޔަ ހަމަލާތަކުގެ އަދާހަމަތައް ގެނެސްދެމުންނެވެ.އެގޮތުން އޭނާގެ އެއްޕޯސްޓުގައި ބުނެފައިވަނީ އިޒްރާއިލް ސިފައިން ކޮންމެ 4 ސިކުންތަކުން ބޮމުގެ ހަމަލާއެއް ޣައްޒާއަށް ދެމުންދާ ކަމަށެވެ. 

ރޭ ދަންވަރު ދޭން ފެށި ހަމަލާ ތަކުގައި ފަސް ނޫސްވެރިޔަކުވެސް ވަނީ ޝަހީދުވެފައެވެ. އެގޮތުން ނޫސްވެރިޔާ ނޫރް ކަންދީލް، ޢަޒީޒް އަލްް ޙައްޖާރް، ޢަބްދުއް ރަޙްމާން އަލް ޢަބްދެއްލާ، އަޙްމަދު އަލް ޒިނާތީ އަދި ޚާލިދް އަބޫ ޔޫސުފް ވަނީ ޝަހީދުވެފައެވެ.

ނޫސްވެރިޔާ ނޫރް ޝަހީދުވެފައިވަނީ ދެއިރް އަލް ބަލަޙްގައި ހުންނަ އޭނާގެ ގެއަށް ދިން ހަމަލާގައެވެ. އެހަމަލާގައި އޭނާގެ ފިރިމީހާ އާއި ތުއްތު އަންހެން ދަރިފުޅުވެސް ވަނީ ޝަހީދުވެފައެވެ. މީގެއިތުރުން ނޫސްވެރިޔާ ޢަޒީޒް އަލް ހައްޖާރު ޝަހީދުވެފައިވަނީ އޭނޭގެ ގެއަށް ދިން ހަމަލާއެއްގައެވެ. އޭނާގެ އަނބިމީހާއާއި އޭނާގެ ކުދިންވެސް މިހަމަލާގައި ޝަހީދުވެފައިވެއެވެ.

ފަލަސްޠީނުގެ ޞިއްޙީ ވުޒާރާއިން ބުނާ ގޮތުގައި އިޒްރާއިލްގެ އަނިޔާވެރިކަމުގެ ސަބަބުން ޝަހީދުވި މީހުންގެ އަދަދު 53،339 އަށް އަރާފައިވާއިރު، 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން 121،034 މީހުންނަށް ވަނީ އަނިޔާވެފަ އެވެ.

އަދި ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ޒަހަމްވި މީހުންގެ ތެރެއިން 361 މީހަކު ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

 

މި ލިޔުން ކިޔާލުމުން

Ads by MSS