Ads by Aqeeqa Maldives

ޚަބަރު

ރޯގާޔާ ހުން ވަރަށް އެބައުޅޭ، ކުދިން ބަލިނަމަ ސްކޫލަށް ނުފޮނުވާ: ޑރ ފައިޞަލް

ރޯގާޔާ ހުން ވަރަށް އެބައުޅޭ، ކުދިން ބަލިނަމަ ސްކޫލަށް ނުފޮނުވާ: ޑރ ފައިޞަލް

އައިޖީއެމްއެޗް. ފޮޓޯ: މިހާރު

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

18 މޭ 2025، 04:36

18 މޭ 2025، 04:36

މިދުވަސް ވަރު ރޯގާ އަދި ހުން ވަރަށް ބޮޑަށް އެބަ ފެތުރޭ ކަމަށާއި ކުދިން ބަލިވެއުޅޭނަމަ ސްކޫލަށް ނުފޮނުވުމަށް ކުޑަ ކުދިންގެ ޚާއްސަ ޑޮކްޓަރ އަޙްމަދު ފައިސަލް ވިދާޅުވެއްޖެއެވެ. 

އެކްސްގައި ކުރައްވާފައިވާ ޕޯސްޓެއްގައި ޑރ ފައިސަލް ވަނީ ބަލިތަކުން ރައްކާތެރިވުމަށް އަޅާނެ ބައެއް ފިޔަވަޅުތައް ކިޔައިދެއްވައިފައެވެ. އެގޮތުން ގިނަގިނައިން އަތްދޮވުމަށާއި، ކުދިން ބަލި ނަމަ ސްކޫލަށް ނުފޮނުވުމަށާއި، ކެއްސާ ކިނބިހި އަޅާއިރު ނޭފަތާއި އަނގަ ޓިޝޫއަކުން ބަންދުކުރުމަށާއި އަދި ގިނަގިނައިން ދިޔަތަކެތި ބޭނުންކުރުމަށް އިރުޝާދު ދީފައިވެއެވެ. 

ހަމަ މިއާއި އެކު ރޯގާޖެހި ނޭވާއަށް އުނދުގޫވާނަމަ ނުވަތަ ހުންއަންނަތާ ތިން ދުވަސް ވެއްޖެނަަމަ ޑޮކްޓަރަށް ދެއްކުމަށްވެސް ޑރ ފައިިސަލް ވަނީ އިރުޝާދުދެއްވައިފައެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS