Ads by Aqeeqa Maldives

ޚަބަރު

ޙައްޖު ކޯޓާ ބޭނުންކުރާގޮތް ކޮންމެ އަހަރަަކުވެސް ވުޒާރާއިން ހާމަކުރާނެ: ވަޒީރު ޝަހީމް

ޙައްޖު ކޯޓާ ބޭނުންކުރާގޮތް ކޮންމެ އަހަރަަކުވެސް ވުޒާރާއިން ހާމަކުރާނެ: ވަޒީރު ޝަހީމް

ވަޒީރު ޑރ މުޙައްމަދު ޝަހީމް ޢަލީ ސައީދު. ފޮޓޯ: ވުޒާރާ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

18 މޭ 2025، 05:09

18 މޭ 2025، 05:09

ޙައްޖު ކޯޓާ ބޭނުންކުރާ ގޮތް ކޮންމެ އަހަރަކުވެސް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ހާމަކުރާނެ ކަމަށް ވަޒީރު ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ. 

ވަަޒީރު ޝަހީމް ވިދާޅުވީ 1446 ވަނަ އަހަރު ޙައްޖަށް ދެވޭނެ ކަމަށް ކިއުގައި ޖެހިފައިތިބި އެންމެނަށް ޙައްޖަށް ދެވޭނެކަމަށް ރައީސް ޑރ މުޙައްމަދު މުޢިއްޒު އިއުލާން ކުރެއްވި ގޮތައް މި އަހަރަށް ކިއުގައި ތިބި އެންމެނަށް ޖާގަ ދެވިފައިވާކަމަށެވެ.

އަދި މިއަހަރުގެ ކޯޓާގެ ތަފްޞީލު 26 މެއިގައި އިޢުލާނު ކުރައްވާނެ ކަަމަށްވެސް ވަޒީރު ޝަހީމް ވިދާޅުވިއެވެ. މީގެއިތުރުން އެމަނިކުފާނު ވިދާޅުވީ ކޮންމެ އަހަރަކު ވެސް ކޯޓާ ބޭނުން ކުރާ ގޮތުގެ ތަފްޞީލް އެވުޒާރާއިން ހާމަކުރާނެކަމަށެވެ.

މިއަހަރު ރާއްޖެއަށް 1000 ކޯޓާ ލިބިފައިވާއިރު، 1000 ޙާޖީން ޙައްޖުވުމަށް ދާނެއެވެ. މިއަހަރުގެ ދިވެހި ޙާޖީން ފުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 26،27،29 އަދި 30 ވަނަ ދުވަހެެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS