ދުނިޔެ

އެމެރިކާގެ ކުންފުންޏަކަށް ޣައްޒާއަށް އެހީ ބެހުމުގެ މަސައްކަތް ފަށައިގަނެވޭނީ މެއި މަހުގެ 24 ވަނަ ދުވަހު: އިޒްރާއިލްގެ ވަޒީރެއް

އެމެރިކާގެ ކުންފުންޏަކަށް ޣައްޒާއަށް އެހީ ބެހުމުގެ މަސައްކަތް ފަށައިގަނެވޭނީ މެއި މަހުގެ 24 ވަނަ ދުވަހު: އިޒްރާއިލްގެ ވަޒީރެއް

ޣައްޒާގައި ކާތަކެތި ބަހާތަނަކަށް އެއްވެފައި

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

18 މޭ 2025، 07:20

18 މޭ 2025، 07:20

އެމެރިކާގެ ކުންފުންޏަކަށް ޣައްޒާއަށް އެހީ ބެހުމުގެ މަސައްކަތް ފަށައިގަނެވޭނީ މެއި މަހުގެ 24 ވަނަ ދުވަހު ކަމަށް އިޒްރާއިލްގެ ދިފާއީ ވަޒީރު އިޒްރާއީލް ކަޓްޒް ބުނެފިއެވެ.

އިޒްރާއިލުން ރާވައިފައިވަނީ ކުރިން އެހީގެ ތަކެތި ބެހުމުގެ މަސައްކަތް ކުރަމުންދިޔަ ނެޓްވޯކްތައް ނުހިމަނައި، އެހީ ފޯރުކޮށްދިނުމުގެ ޕްރޮސެސްއާ ހަވާލުވެ، މިނިވަންކަމާއެކު އެހީ ބެހުމަށްކަމަށް އިޒްރާއިލުން ވަނީ ބުނެފައެވެ.

އިރާޤުގެ ބަޣްދާދުގައި އިއްޔެ ބޭއްވި ޢަރަބް ލީގުގެ ސަމިޓުގައި އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް ވިދާޅުވީ ބައިނަލްއަގުވާމީ ގާނޫނާއި އިންސާނިއްޔަތުގެ އިންސާނީ އުސޫލުތަކަށް ތަބާނުވާ އެހީގެ އޮޕަރޭޝަނެއް ކަމަށް ބުނާ އެއްވެސް އޮޕަރޭޝަނެއްގައި އދ.އިން ބައިވެރިނުވާނެ ކަމަށެވެ. 

ޣައްޒާގެ އެތެރެއަށް އެހީގެ އެންމެ ޓްރަކެއް ނުވައްދާތަ 11 ހަފްތާވެގެން ވަނީ ގޮސްފައެވެ. މިކަމުގެ ސަބަބުން ޣައްޒާގެ އާންމުންދަނީ ބަނޑުހައިހޫނުކަން އިންތިހާ ދަރަޖައަށް ތަހައްމަލު ކުރަމުންނެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS