Ads by Aqeeqa Maldives

ޚަބަރު

އާރްޓީއެލްގެ ޚިދުމަތް އިތުރަށް ފުޅާކުރަން އިންޑިއާއިން ހިލޭ އެހީދީފި

އާރްޓީއެލްގެ ޚިދުމަތް އިތުރަށް ފުޅާކުރަން އިންޑިއާއިން ހިލޭ އެހީދީފި

އާރުޓީއެލް ފުޅާކުރުމަށް ހިލޭ އެހީ ދިނުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވުން. ފޮޓޯ: ޚާރިޖީ ވުޒާރާ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

18 މޭ 2025، 08:56

18 މޭ 2025، 08:56

އާރްޓީއެލެގް ޚިދުމަތް އިތުރަށް ފުޅާކުރަން އަވަށްޓެރި އިންޑިއާއިން ހިލޭ އެހީ ދީފިއެވެ.

މިކަމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފައިވާއިރު އިންޑިއާއިން ރާއްޖެއަށް ދޭން ނިންމާފައިވަނީ 100 މިލިއަން ޑޮލަރެވެ. 

އެއްބަސްވުމުގައި ސޮއިކުރުން އޮތީ މިއަދު ޚާރިޖީ ވުޒާެރާގައެވެ. ހައި އިމްޕެކްޓު ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓުގެ ތިން ވަނަ ފިޔަވަހީގެ އެގްރިމެންޓުގައި ސޮއިކުރެއްވީ ދަތުރުފަތުރާ ބެހޭ ވަޒީރު މުހައްމަދު އަމީނާއި ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ހަލީލް އަދި އިންޑިއާއިން ރާއްޖެ ކަނޑައަޅާފައިވާ ސަފީރު، ޖީ ބަލަސުބްރަމަނިއަމް އެވެ.

މިދިޔަ ސަރުކާރުގައި ފެށި އާރުޓީއެލްގެ ޚިދުމަތް ފުޅާކުރުމުގެ އެއްބަސްވުމުގެ ދަށުން ދޭ 100 މިލިއަން ރުފިޔާއަށް ބަންނަން ނިންމާފައިވާނީ 12 ފެރީ އެވެ.

އާރުޓީއެލް މަޝްރޫއުގެ ކަންތަކުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ ދަތުރުފަތުރާ ބެހޭ ވުޒާރާގެ ނައިބު ވަޒީރު އިބްރާހިމް ޔާސިރު މީޑިއާއަށް ވިދާޅުވެފައިވަނީ، އިންޑިއާގެ އެހީގައި ލޯންޗުތައް ބަންނާނެ ބަޔަކު ހޯދަން، އޮޕަރޭޓަރުގެ ހައިސިއްޔަތުން އެމްޓީސީސީން މަޝްވަރާކުރަމުން އަންނަ ކަމަށެވެ. އެކަމުގައި އަދި ވަކި ގޮތެއް ނުނިންމާ ކަމަށްެވެސް މީޑިއާއަށް ޔާސިރު ވިދާޅުވެފައިވެއެވެ.

ސަރުކާރުން އަންނަނ ީކުރިންވެސް ރޭވިފައި އޮތްގޮތައް  އަންނަ މަހު ރ. އަތޮޅުގައި އަދި ޖެހިގެން އަންނަ ޖޫން މަހު ބ. އަތޮޅުގައި އާރުޓީއެލް ފެށުމަށް ތައްޔާރުވަމުންނެވެ.

އެކަމަށް ބޭނުންވާ ފެރީތައް އަލްޝާލީ އަދި ގަލްފް ކްރާފްޓުން މިހާރު އަންނަނީ ބަންނަމުންނެވެ.

ޒޯނު ހަތަރެއްގައި ހިމެނޭ މ، ފ، ދ، ތ އަދި ޒޯނު ފަހެއްގައި ހިމެނޭ މާލެ އަތޮޅާއި އއ، އދ، އަދި ވ އަތޮޅުގައި ވެސް މި އަހަރު ނިމުމުގެ ކުރިން އާރުޓީއެލް ފަށާނެ ކަމަށް ސަރުކާރުން ވަނީ ކުރިން ބުނެފަ އެވެ. އެ ޕްރޮޖެކްޓު ނިމޭއިރު 80 ލޯންޗުން މުޅި ރާއްޖެ ގުޅުވާލާނެއެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS