Ads by Aqeeqa Maldives

ޚަބަރު

ޕީއެސްއައިޕީ މަޝްރޫޢުތަކަށް 1.05 ބިލިއަނަށްވުރެ ގިނަ ރުފިޔާ

ޕީއެސްއައިޕީ މަޝްރޫޢުތަކަށް 1.05  ބިލިއަނަށްވުރެ ގިނަ ރުފިޔާ

ފަޅުހިއްކުމުގެ މަސައްކަތް ކުރިއަސް ދަނީ ފޮޓޯ:ކޯޕަރޭޓް މޯލްޑިވްސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

19 މޭ 2025، 01:36

19 މޭ 2025، 01:36

މިއަހަރުގެ މާރިޗު މަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) މަޝްރޫޢުތަކަށް 1.05 ބިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. މިއީ ސަރުކާރުގެ ޚަރަދުގައި ހިންގާ ތަރައްޤީގެ މަޝްރޫޢުތަކަށް ކުރެވުނު ޚަރަދެވެ.

މާލީ ވުޒާރާއިން ނެރެފައިވާ އެންމެ ފަހުގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓު ރިޕޯޓުގައި ހިމެނޭ މަޢުލޫމާތުތަކަށް ބަލާއިރު، ޕީއެސްއައިޕީ ޕީ ބަޖެޓުން އެންމެ ބޮޑު ޚަރަދެއް ކޮށްފައިވަނީ ދަތުރުފަތުރުގެ ދާއިރާއަށެވެ. މި ދާއިރާއަށް 315 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، ބިން ހިއްކުމަށް 123.1 މިލިއަން ރުފިޔާ އަދި ގޮނޑުދޮށް ހިމާޔަތްކުރުމަށް 104.3 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ.

މީގެ އިތުރުން، ބަނދަރު ތަރައްޤީކުރުމަށް 96.3 މިލިއަން ރުފިޔާ، ބްރިޖް މަޝްރޫޢަށް 86.5 މިލިއަން ރުފިޔާ އަދި ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކަށް 66 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަން ފާހަގަކުރެވެއެވެ.

މި އަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓުގައި ޕީއެސްއައިޕީ މަޝްރޫޢުތަކަށް ޖުމްލަ 12.4 ބިލިއަން ރުފިޔާ ހިމަނާފައިވާއިރު، ސަރުކާރުން ވަނީ މި އަހަރުން ފެށިގެން މި މަޝްރޫޢުތައް ހިންގުމުގައި ފައިދާއަށް ބަލާނެކަން ހާމަކޮށްފައެވެ. މިގޮތުން، އަލަށް ފަށާ މަޝްރޫޢުތަކުގެ ބޭނުންތެރިކަން ދެނެގަތުމަށް ޕްރޮޖެކްޓް ޕްރިޕަރޭޓަރީ ފަންޑެއް ޤާއިމްކޮށް، އެ ފަންޑުގެ އެހީގައި މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް ހަދަންޖެހޭ ދިރާސާތައް ހެދުމަށް މިއަހަރުގެ ބަޖެޓުގައި ހިމަނާފައިވާކަން ފާހަގަކުރެވެއެވެ.
                    

މި ލިޔުން ކިޔާލުމުން

Ads by MSS