ދުނިޔެ

އިރާނުން ޔުރޭނިއަމް މުއްސަނދިކުރުން ހުއްޓާނުލާނެކަމަށް ބުނެފި

އިރާނުން ޔުރޭނިއަމް މުއްސަނދިކުރުން ހުއްޓާނުލާނެކަމަށް ބުނެފި

ޔުރޭނިއަމް މުއްސަނދިކުރުން

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

19 މޭ 2025، 01:47

19 މޭ 2025، 01:47

ނިއުކްލިއަރ އެއްބަސްވުމެއް ވެވުނަސް ނުވެވުނަސް އިރާނުން ޔުރޭނިއަމް މުއްސަނދިކުރުން ކުރިއަށް ގެށް ގެންދާނެ ކަމަށް  އިރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަޤްޗީ ވިދާޅުވެއްޖެއެވެ. 

އެމެރިކާ-އިރާން ނިއުކްލިއަރ އެއްބަސްވުމާ ގުޅޭ މަޝްވަރާތަކާ ބެހޭގޮތުން ސޯޝަލް މީޑިއާގައި ދެއްވި ކޮމެންޓުތަކަށް ރައްދު ދެއްވަމުން އަރަޤްޗީ ވިދާޅުވީ، އެމެރިކާއިން އިރާނުން ނިއުކްލިއަރ ހަތިޔާރު ތައްޔާރު ނުކުރާނެކަމުގެ ތެދުވެރި ޔަޤީންކަމެއް ހޯދަން ބޭނުންވާނަމަ، އެއްބަސްވުމަކަށް އާދެވިދާނެ ކަމަށެވެ. އަދި މިފަދަ ކަންބޮޑުވުންތައް ހައްލުކުރުމަށް ސީރިއަސް އަދި ބިނާކުރަނިވި މަޝްވަރާތަކެއް ކުރުމަށް އިރާނު ތައްޔާރަށް ހުރި ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"އިރާނުން ނިއުކްލިއަރ ހަތިޔާރު ތައްޔާރު ނުކުރާނެކަމުގެ ދާއިމީ ޔަޤީންކަމެއް އެމެރިކާއިން ބޭނުންވާނަމަ، އަޅުގަނޑުމެން އެކަމަށް ހައްލެއް ހޯދުމަށް މަޝްވަރާކުރަން ތައްޔާރަށް މިތިބީ،" އަރަޤްޗީ ވިދާޅުވިއެވެ. ނަމަވެސް އެމަނިކުފާނު އިތުރަށް ވިދާޅުވީ، ޔުރޭނިއަމް މުއްސަނދިކުރުމަކީ އިރާނުގެ ނިގުޅައިނުގަނެވޭނެ ޙައްޤެއް ކަމަށާއި، އެއްބަސްވުމެއް ވެވުނަސް ނުވެވުނަސް އެކަން ހުއްޓާނުލާނެ ކަމަށެވެ.

އަރަޤްޗީގެ މި ބަސްފުޅުތައް އައިސްފައިވަނީ އިރާނުގެ ނިއުކްލިއަރ ޕްރޮގްރާމުގެ މުސްތަޤުބަލާއި ސަރަޙައްދީ އިސްތިޤުރާރާ ގުޅޭގޮތުން ދެފަރާތުން އެއްބަސްވުމަކަށް އާދެވޭތޯ އަލުން މަސައްކަތްތަކެއް ފަށާފައިވާ ދަނޑިވަޅެއްގައެވެ.
                    

މި ލިޔުން ކިޔާލުމުން

Ads by MSS