ދުނިޔެ
އެހީގެ ގޮތުގައި ބެހުމަށް "ބޭބީ ފުޑް" މިއަދު ވެއްދޭނެކަމަށް އިޒްރާއިލުން ބުނެފި

ބަނޑުހައި ހޫނުކަމުގެ ސަބަބުން ހިކި އަނަރޫފަވެފައި ހުރި ކުއްޖެއް
އެހީގެ ގޮތުގައި ބެހުމަށް ޣައްޒާ އަށް “ބޭބީ ފުޑް” މިއަދު ވެއްދޭނެކަމަށް އިޒްރާއިލުން ބުނެެފިއެވެ.
މިއީ މާރޗް މަހުގެ ދެވަނަ ދުވަހު އިޒްރާއީލުން ހަމަލާތައް ފަށައި ޣައްޒާގެ ބޯޑަރުތައް އެއްކޮށް ބަންދުކުރި ފަހުން ޣައްޒާއަށް ވެއްދޭ އެންމެ ފުރަތަމަ އެހީއެވެ.
މިއަދު އިޒްރާއީލުން ދަނީ ކުޑަކުދިންގެ ކާނާ ހިމެނޭ ޓްރަކްތައް ޣައްޒާއަށް ވަނުމަށް މަގުފަހިކޮށްދެމުން.
އިޒްރާއިލްގެ ފޮރިން މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލް އީޑަން ބާ ޓަލް އިޒްރާއިލްގެ ނޫސްވެރިންނާ ވާހަކަ ދައްކަމުން ބުނެފައިވެއެވެ.
މީގެއިތުރުން އޭނާ ބުނެފައިވަނީ ކުރިއަށް އޮތް ދުވަސްތަކުގައި އިޒްރާއީލުން ދިހަވަރަކަށް އެހީ ޓްރަކް އެތެރެވުމަށް މަގުފަހިކޮށްދޭނެ ކަމަށެވެ.
ނަތަންޔާހޫގެ އޮފީހުން މީގެ ކުރިން ވަނީ އެހީގެ ޓްރަކްތަކަށް މަގުތައް ބަންދުކޮށްފައި އޮތްއޮތުމަށް ލުއި ދިނުމަށް އިއުލާންކޮށް، އިޒްރާއީލުން ޣައްޒާއަށް "ލިމިޓެޑް" މިންވަރަކަށް ކާބޯތަކެތި ވައްދާނެ ކަމަށް ބުނެފަ އެވެ.
ގިނަ ދުވަސްތަކަށްފަހު ޣައްޒާއަށް އެހީގެ ތަކެތި ދެވެމުންދާއިރު ޑަބްލިޔުއެޗްއޯއިން ބުނެފައިވަނީ، އިޒްރާއިލުން ޣައްޒާގެ 2 މިލިއަން މީހުން ބަނޑަށް ޖައްސައިފައިވާ ކަމަށެވެ.
އިޒްރާއީލުން ގަސްތުގައި އެހީތައް ހުއްޓުވުމަކީ ބަނޑުހައިހޫނުކަމުގެ ނުރައްކާ އިތުރުވަމުންދާ ކަމެއްކަމަށް ޑަބްލިޔުއެޗްއޯގެ ވެރިޔާ، ޓެޑްރޯސް އަދަނޮމް ގެބްރެއިސަސް އިންޒާރު ދެއްވައިފައިވެއެވެ.
އިޒްރާއީލުން ވަނީ މާރޗް މަހުން ފެށިގެން ޣައްޒާ އެއްކޮށް ބަންދުކޮށް އެ ތަނުގެ އާބާދީ ބަނޑުހައިހޫނުކަމުގެ ތެރެއަށް ވައްޓާލާފާނެކަމަށް ބުނެފައެވެ.