ޚަބަރު
ހިޔާ ފްލެޓްތައް ކައިރީގައި ހިނގި މާރާމާރީއެއްގައި ދެ މީހަކަށް އަނިޔާވެއްޖެ

ހުޅުމާލެ ފޭސް 2 ---

ފަރުދުން
20 މޭ 2025، 09:02
20 މޭ 2025، 09:02
ހުޅުމާލޭގެ ހިޔާ ފްލެޓްތައް ކައިރީގައި ހިނގި މާރާމާރީއެއްގައި ދެ މީހަކަށް އަނިޔާވެއްޖެއެވެ. މި ހާދިސާ ހިނގާފައިވަނީ ރޭ މެންދަމު 12 ޖެހުމާކައިރިވެފައި ވަނިކޮށެވެ.
ހިޔާ ޓަވަރު 11 ކައިރީގައި ހިނގި މި ހާދިސާގައި އެކެއްގެ ބޯ ފަޅައިގެން ގޮސްފައިވާއިރު، އަނެކަކުގެ ބުރަކަށީގެ އެކިތަންތަނުން ދުޅަވެ، އޭނާގެ ދެ އަތުގެ އުޅަނބޮށި ވެސް ވަނީ މަށައިގެން ގޮސްފައެވެ.
މަންޒަރު ދުށް މީހުން ބުނާ ގޮތުގައި މި މާރާމާރީ ހިނގާފައި ވަނީ ދެ ގޭންގެއްގެ ދެމެދުގައެވެ.
މީގެ އިތުރުން، މާރާމާރީ ހިންގި ދެ މީހުން ދެ ފޯނު ފޭރިގަނެފައިވާކަމަށް ވެސް ފުލުހުން ބުނެއެވެ. ނަމަވެސް އެ މީހުންގެ އަތުން ފަހުން އެ ފޯނުތައް ފެނިފައިވާކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
މި ހާދިސާއާ ގުޅިގެން ފަރުވާ ދިނުމަށް މި ދެ މީހުން ވެސް ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވެއެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.