ދުނިޔެ

ޣައްޒާގެ ކުޑަކުދިންނަށް އަނިޔާވެރިކަމާއި ނަފްރަތުގެ ތަރިކައެއް ދޫކޮށްލެވޭކަށް ނެތް، މިކަން ހުއްޓަންޖެހޭ : ފްރާންސްގެ ދާހިލީ ވަޒީރު

ޣައްޒާގެ ކުޑަކުދިންނަށް އަނިޔާވެރިކަމާއި ނަފްރަތުގެ ތަރިކައެއް ދޫކޮށްލެވޭކަށް ނެތް، މިކަން ހުއްޓަންޖެހޭ : ފްރާންސްގެ ދާހިލީ ވަޒީރު

ފްރާންސްގެ ދާހިލީ ކަންތައްތަކާ ބެހޭ ވަޒީރު ޖީން-ނޯއެލް ބާރޯ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

20 މޭ 2025، 01:16

20 މޭ 2025، 01:16

ފަލަސްތީނު ދައުލަތެއްގޮތުގައި ގަބޫލުކުރުމަށް ފްރާންސް އިން ނިންމައިފިކަމަށް އެ ގައުމުގެ ދާހިލީ ކަންތައްތަކާ ބެހޭ ވަޒީރު ޖީން-ނޯއެލް ބާރޯ ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވެފައިވަނީ ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ހަނގުރާމައާއި އިންސާނީ އެހީ ބްލޮކްކުރުމުގެ ސަބަބުން އުފެދިފައިވާ "ދިފާއު ނުކުރެވޭނެފަދަ" ހާލަތު ކުށްވެރިކުރައްވަމުންނެވެ.

ފްރާންސްގެ ރައީސް އެމެނުއެލް މެކްރޯން ވަނީ ޖޫން މަހު އދ. ގެ ބައްދަލުވުމެއްގައި ފަލަސްތީނު ދައުލަތެއް ގަބޫލުކުރުމުގެ ފުރުސަތު ހުޅުވާލައްވާފައެވެ. މިއާއިއެކު ފަލަސްތީނު ދައުލަތެއްގޮތުގައި ގަބޫލުކުރާ އެންމެ ފަހުގެ ޔޫރަޕިއަން ގައުމަކަށް ފްރާންސް ވެގެންދާނެ އެވެ.

"އަޅުގަނޑުމެންނަށް ޣައްޒާގެ ކުޑަކުދިންނަށް އަނިޔާވެރިކަމާއި ނަފްރަތުގެ ތަރިކައެއް ދޫކޮށްލެވޭކަށް ނެތް. އެހެންވީމާ މިހުރިހާ ކަމެއް ހުއްޓަންޖެހޭ. އެހެންވެ އަޅުގަނޑުމެން ފަލަސްތީނު ދައުލަތެއް ގަބޫލުކުރުމަށް ނިންމާފައި މިވަނީ،" ބާރޯ ފްރާންސް އިންޓަރ ރޭޑިއޯއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވިއެވެ.

މީގެ އިތުރުން، ޔޫރަޕިއަން ޔޫނިއަނާއި އިސްރާއީލާ ދެމެދު ވެފައިވާ އެއްބަސްވުން މުރާޖަޢާކުރުމަށް ނެދަލޭންޑްސް އިން ހުށަހަޅާފައިވާ ހުށަހެޅުމަށް ފްރާންސް އިން ތާއީދުކުރާ ކަމަށްވެސް ބާރޯ ވިދާޅުވިއެވެ. މި އެއްބަސްވުމުގެ ދަށުން އިސްރާއީލާއި ޔޫރަޕިއަން ޔޫނިއަނާ ދެމެދު އޮންނަ ސިޔާސީ އަދި އިގްތިސާދީ ގުޅުންތަކަށް އަސަރުކުރުމުގެ ފުރުސަތު އެބައޮތެވެ.

ޣައްޒާގައި ދެމަސް ހާ ދުވަހު އެއްވެސް އެހީއެއް ނުލިބި ހުރުމަށްފަހު، އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ ވަނީ މަދު މިންވަރެއްގެ އިންސާނީ އެހީ ފޯރުކޮށްދިނުމަށް ހުއްދަދެއްވާފައެވެ. ނަމަވެސް މިއީ "އެއްގޮތަކަށްވެސް އެކަށީގެންވާ މިންވަރެއް ނޫން" ކަމަށް ބާރޯ ވިދާޅުވިއެވެ.

މި ހަނގުރާމަ ފެށުނީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 ވަނަ ދުވަހު ހަމާސް އިން އިސްރާއީލަށް ދިން ހަމަލާއާ ގުޅިގެންނެވެ. މި ހަމަލާގައި އިސްރާއީލުގެ 1,218 މީހުން މަރުވެފައިވާ ކަމަށް ރަސްމީ ތަފާސްހިސާބުތަކުން ދައްކައެވެ. އަދި ޣައްޒާގެ ސިއްހީ ވުޒާރާއިން ބުނާ ގޮތުގައި މާރޗް 18 އިން ފެށިގެން މިހާތަނަށް ޣައްޒާގައި މަރުވެފައިވަނީ 3,340 މީހުންނެވެ. މުޅި ހަނގުރާމައިގައި މަރުވެފައިވާ މީހުންގެ އަދަދު 53,486 އަށް އަރާފައިވާ ކަމަށް އެ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.
                    

މި ލިޔުން ކިޔާލުމުން

Ads by MSS