Ads by Aqeeqa Maldives

ޚަބަރު

މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވުމަށް ފަރުވާދޭ އިތުރު ތިން ރިމާންޑް ސެންޓަރެއް ޤާއިމްކޮށްފި

މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވުމަށް ފަރުވާދޭ އިތުރު ތިން ރިމާންޑް ސެންޓަރެއް ޤާއިމްކޮށްފި

އެންޑީއޭގެ ދަށުން ހިންގަމުންދާ ރިމާންޑް ސެންޓަރެއް. ފޮޓޯ: އެންޑީއޭ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

20 މޭ 2025، 03:23

20 މޭ 2025، 03:23

މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވުމަށް ފަރުވާދޭ އިތުރު ތިން ރިމާންޑް ސެންޓަރެއް ޤާއިމްކޮށްފިކަމަށް ދާޚިލީ ސަލާމަތާ ފަންނިއްޔާތާއި ބެހޭ ވުޒާރާއިން ބުނެފިއެވެ.

އެވުޒާރާއިން ކުރި އިޢުލާނެއްގައި ބުނެފައިވަނީ މަސްތުވާތެކެތި ބޭނުންކުރާ މީހުންނަށް ފަރުވާދިނުމަށްޓަކައި ރިމާންޑް ފެސިލިޓީގެ ގޮތުގައި 18 މެއި 2025 ގައި ތިން ސެންޓަރެއް ޤާއިމް ކުރެވިފައިވާ ކަމަށެވެ. 

މަސްތުވާތަކެތީން ސަލާމަތްވުމަށް ފަރުވާދިނުމަށް އަލަށް ޤާއިމްކުރި ތިން ފެސިލިޓީއަކީ:

  • ގދ.ތިނަދޫ ޑްރަގް ޑިިޓޮކްޓިސިފިކޭޝަން އެންޑް ކޮމިޔުނިޓީ ރިހިބިލިޓޭޝަން ސެންޓަރ
  • ޏ.ފުވައްމުލަކު ޑްރަގް ޑިޓޮކްޓިސިފިކޭޝަން އެންޑް ކޮމިޔުނިޓީ ރިހިބިލިޓޭޝަން ސެންޓަރ
  • ސ.ހުޅުދޫ ވިލުނު ސެންޓަރ

ދާޚިލީ ވުޒާރާއިން ބުނެފައިވަނީ މިސެންޓަރުތައް ހިންގަމުންދާނީ ނޭޝަނަލް ޑްރަގް އޭޖެންސީގެ ދަށުން ކަމަށެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS