Ads by Aqeeqa Maldives

ޚަބަރު

ކޭލަކުނާއި ފަރުކޮޅުގެ ޙިމާޔަތްކޮށްފައިވާ ސަރަޙައްދުގައި ނޭޗަރ ޕާކު ޤާއިމުކުރުމުގެ މަޝްރޫޢު ތަންފީޛުކުރުމުގެ ފަހުމުނާމާގައި ސޮއި ކުރައްވައިފި

ކޭލަކުނާއި ފަރުކޮޅުގެ ޙިމާޔަތްކޮށްފައިވާ ސަރަޙައްދުގައި ނޭޗަރ ޕާކު ޤާއިމުކުރުމުގެ މަޝްރޫޢު ތަންފީޛުކުރުމުގެ ފަހުމުނާމާގައި ސޮއި ކުރައްވައިފި

ކޭލަކުނާއި ފަރުކޮޅުގެ ޙިމާޔަތްކޮށްފައިވާ ސަރަޙައްދުގައި ނޭޗަރ ޕާކު ޤާއިމުކުރުމުގެ މަޝްރޫޢު ތަންފީޛުކުރުމުގެ ފަހުމުނާމާގައި ސޮއި ކުރުން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

20 މޭ 2025، 03:23

20 މޭ 2025، 03:23

ހދ.ކޭލަކުނާއި ށ.ފަރުކޮޅުގެ ޙިމާޔަތްކޮށްފައިވާ ސަރަޙައްދުގައި ނޭޗަރ ޕާކު ޤާއިމުކުރުމުގެ މަޝްރޫޢު ތަންފީޛުކުރުމުގެ ފަހުމުނާމާގައި ސޮއި ކުރައްވައިފިއެވެ.

މިފަހުމުނާމާގައި ސޮއިކޮށްފައިވަނީ މިއަދު، ފަތުރުވެރިކަމާ ތިމާވެެއްޓާ ބެހޭ ވުޒާރާ އާއި މޯލްޑިވްސް ޓޫރިޒަމް ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެމް.ޓީ.ޑީ.ސީ) އާ ދެމެދު އެވެ.

ހދ.ކޭލަކުނު އަދި ށ.ފަރުކޮޅަކީ ޤާނޫނު ނަންބަރު 93/4 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު) ގެ 4 ވަނަ މާއްދާގެ ދަށުން ޙިމާޔަތްކޮށްފައިވާ ސަރަޙައްދުތަކަކަށް ވުމާއެކު، މި މަޝްރޫޢުގެ ދަށުން މި ދެ ސަރަހައްދުގައި ނޭޗަރ ޕާކުގެ މަސައްކަތްކުރުމަށް ހަމަޖެހިފައިވަނީ، ޤަވާއިދު ނަންބަރު 2018/R-78 (ޤުދްރަތީ ނުވަތަ ޠަބީޢީގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ތަންތަނާބެހޭ ގަވާއިދު) އާއި ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު ދަށުން އެކުލާވާލާފައިވާ އެހެން ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

މި މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅު ތަކުގެ ތެރެއިން އުތުރުގެ ސަރަހައްދުތަކުގައި ފަތުރުވެރިކަން ފުޅާ ކުރުމާއި، ކޮންމެ އަތޮޅެއްގައި ނޭޗަރ ޕާކް ޤާއިމްކުރުމުގެ މަސައްކަތާއި ގުޅިގެން ކުރެވޭ މަސައްކަތެކެވެ.

މި މަޝްރޫޢުގެ ދަށުން ޕްލޭންކޮށްފައިވާ މަސައްކަތްތައް ކުރިއަށް ގެންދާނީ ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ޓެކްނިކަލް ލަފައާއި އެއްގޮތްވާ ގޮތުގެ މަތިން 4 މަރުހަލާއަކަށް ބަހާލައިގެން 1 އަހަރު ދުވަހުގެ މުއްދަތަށެވެ.

 

 

މި ލިޔުން ކިޔާލުމުން

Ads by MSS