ދުނިޔެ

އިޒްރާއިލްގެ އަނިޔާވެރިކަމުގެ ސަބަބުން ޞުލްޙަޔަށް ކުރެވޭ މަސައްކަތް ދަނީ ނާކާމިޔާބުވަމުން: ޤަޠަރުގެ ބޮޑު ވަޒީރު

އިޒްރާއިލްގެ އަނިޔާވެރިކަމުގެ ސަބަބުން ޞުލްޙަޔަށް ކުރެވޭ މަސައްކަތް ދަނީ ނާކާމިޔާބުވަމުން: ޤަޠަރުގެ ބޮޑު ވަޒީރު

ޤަޠަރުގެ ބޮޑުވަޒީރު ޝެއިޚް މުޙައްމަދު ބިން އަބްދުއްރަޙްމާން ބިން ޖާސިމް އާލް ޘާނީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

20 މޭ 2025، 04:53

20 މޭ 2025، 04:53

އިޒްރާއިލްގެ އަނިޔާވެރިކަމުގެ ސަބަބުން ޞުލްޙަޔަށް ކުރެވޭ މަސައްކަތް ދަނީ ނާކާމިޔާބު ވަމުން ކަމަށް ޤަޠަރުގެ ބޮޑުވަޒީރު ޝެއިޚް މުޙައްމަދު ބިން އަބްދުއްރަޙްމާން ބިން ޖާސިމް އާލް ޘާނީ

ވިދާޅުވެއްޖެއެވެ. 

ޤަތަރުގެ ބޮޑުވަޒީރު ވިދާޅުވެފައިވަނީ އިޒްރާއީލުގެ އަނިޔާވެރިކަމުގެ ސަބަބުން ސުލްޙައަށް ކުރެވޭ މަސައްކަތްތައް ނާކާމިޔާބުވަމުންދާ ކަމަށާއި، ހަނގުރާމަ ހުއްޓުވުމުގެ މަޝްވަރާތަކުން އެއްވެސް ކުރިއެރުމެއް ނުލިބޭ ކަމަށެވެ.

ޤަތަރުގެ ބޮޑުވަޒީރު ޝެއިޚް މުޙައްމަދު ބިން އަބްދުއްރަޙްމާން ބިން ޖާސިމް އާލް ޘާނީ ވިދާޅުވެފައިވަނީ ޣައްޒާއަށް އިޒްރާއީލުން ދެމުންދާ ހުއްޓުމެއްނެތް ހަމަލާތަކުގެ ސަބަބުން، ފާއިތުވި ހަފްތާގައި އެމެރިކާގެ އިޒްރާއީލީ ރަހީނެއް ކަމުގައިވާ އީދަން އެލެގްޒެންޑަރ ދޫކޮށްލުމާ ގުޅިގެން އާވެފައިވާ ސުލްޙައިގެ އުއްމީދުތައް ގެއްލިފައިވާ ކަމަށެވެ.

ޤަޠަރުގެބޮޑުވަޒީރު ވިދާޅުވީ އެކަމާއި ގުޅިގެން ޣައްޒާގައި ހިންގަމުންދާ އަނިޔާވެރި ޢަމަލުތައް ހުއްޓުވުމަށް ދޮރުހުޅުވިދާނެ ކަމަށެވެ. ނަމަވެސް އޭގެ ފަހުން އިޒްރާއިލުން ޣައްޒާއަށް ދެމުންދާ އަނިޔާތައް ކުރިއަސްވުރެ ވަރުގަދަ ކޮށްފައިވާކަމަށެވެ.

 "މި ޒިންމާދާރުކަން ކުޑަ، އަނިޔާވެރި ޢަމަލުތަކުގެ ސަބަބުން ސުލްޙައަށް އޮތް ކޮންމެ ފުރުޞަތެއްވެސް މިދަނީ ނެތިގެން” ޤަޠަރުގެ ބޮޑުވަޒީރު ވިދާޅުވިއެވެ. ފާއިތުވި ދުވަސްތަކުގައި ޤަތަރުގެ ވެރިރަށް ދޯހާގައި ކުރިއަށްގެންދެވުނު ހަނގުރާމަ ހުއްޓުވުމުގެ މަޝްވަރާތަކާ ބެހޭ އަދާހަމަތައް ޤަޠަރުގެ ބޮޑުވަޒީރު ހިއްސާކުރެއްވެވިއެވެ. 

އޭނާ ވިދާޅުވިގޮތުގައި މިހާތަނަށް އެ މަޝްވަރާތަކުން އެއްވެސް ނަތީޖާއެއް ނުނެރެވެއެވެ.ދެ ފަރާތުގެ ދެމެދުގައި އަސާސީ ތަފާތުތަކެއް އެބަހުރި ކަމަށާއި، އެއް ޕާޓީން ހޯދަނީ ޕާޝިއަލް ޑީލެއް ކަމަށާއި އެއީ، ފުރިހަމަ ޑީލަކަށް މަގުފަހިވެދާނެ ކަމެއް، އަދި އަނެއް ޕާޓީން ހޯދަނީ ހަމައެކަނި އެއްފަހަރުގެ ޑީލެއް، އަދި ހަނގުރާމަ ނިންމާލުމަށް އަދި ހުރިހާ ރަހީނުން ނެރުމަށް ކަމަށެް ޤަޠަރުގެ ބޮޑުވަޒީރު ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS