ދުނިޔެ

އިޒްރާއީލުން ޣައްޒާއަމެދު ހިންގަމުންދާ އަމަލުތަކާ ދެކޮޅަށް ފިޔަވަޅުތަކެއް އަޅާނެކަމަށް އިނގިރޭސިވިލާތް، ފްރާންސް އަދި ކެނެޑާއިން ބުނެފި

އިޒްރާއީލުން ޣައްޒާއަމެދު ހިންގަމުންދާ އަމަލުތަކާ ދެކޮޅަށް ފިޔަވަޅުތަކެއް އަޅާނެކަމަށް އިނގިރޭސިވިލާތް، ފްރާންސް އަދި ކެނެޑާއިން ބުނެފި

އިޒްރާއިލްގެ ހަމަލާއެއްގައި ޝަހީދުވެފައިވާ މީހުންތަކެއް.

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

20 މޭ 2025، 06:11

20 މޭ 2025، 06:11

އިޒްރާއީލުން ޣައްޒާއާމެދު ހިންގަމުންދާ އަމަލުތަކާއި ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އަޅާނެކަމަށް އިންގިރޭސިވިލާތް، ފްރާންސް އަދި ކެނެޑާއިން ބުނެފިއެެވެ. 

އިނގިރޭސިވިލާތް، ފްރާންސް އަދި ކެނެޑާއިން ވަނީ އިޒްރާއިލުން  ޣައްޒާގައި އަލުން ފަށާފައިވާ ހަނގުރާމަވެރި ޙަމަލާތައް ހުއްޓާލައި، އެހީވެއްދުމަށް މަގުތައް ހަމިކޮށްފައި އޮތްއޮތުން ނިމުމަކަށް ނުގެނެސްފިނަމަ ހަރުކަށި ފިޔަވަޅުތަކެއް އަޅާނެކަމަށެވެ.

 މިގޮތައް އެތިން ޤައުމުން އިޒްރާއިލަށް މިފަދަ އިންޒާރެއް ދީފައިމިވަނީ އިޒްރާއީލުގެ ސިފައިން އެ ސަރަޙައްދުގައި ކުރިއަށްގެންދާ ޙަމަލާތައް ވަރުގަދަކޮށް އިތުރުކުރަމުންދާ ދަނޑިވަޅެއްގައެވެ.

ޣައްޒާގައި އިސްރާއީލުން ކުރިއަށްގެންދާ ހަނގުރާމަވެރި ޙަރަކާތްތައް ފުޅާކުރުމާމެދު އެތިން ޤައުމުންވެސް ވަނީ ދެކޮޅުހަދައިފައެެވެ. ޣައްޒާގައި އިންސާނުންނަށް ކުރިމަތިވެފައިވާ ވޭނަކީ ބަރުދާސްތު ނުކުރެވޭވަރުގެ ކަމެއް ކަމަށް މި ޤައުމުތަކުގެ ލީޑަރުން ކަމުގައިވާ ކީރ ސްޓާމަރ، އެމެނުއެލް މެކްރޯން އަދި މާރކް ކާނީ ހޯމަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

 އަދި މި ބަޔާނުގައި ހުޅަނގު އައްސޭރީގައި އިޒްރާއިލްގެ އާބާދީތައް އިތުރުކުރަމުންދާ އިތުރުކުރުން ކުށްވެރިކޮށްފައިވެއެވެ.

އިޒްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ، މާރޗް މަހުގެ ކުރީކޮޅު ކާނާ، ތެޔޮ އަދި ބޭސްފަރުވާގެ އެހީތެރިކަން ހުއްޓާލުމަށްފަހު ޣައްޒާގެ މުޅި ސަރަޙައްދު ކޮންޓްރޯލްކުރުމަށް "އޮޕަރޭޝަން ގިޑިއަންސް ޗެރިއަޓްސް" ގެ ނަމުގައި ޙަމަލާތަކެއް ފަށާފައިވެއެވެ.

 ނަތްނަޔާހޫ ބުނެފައިވަނީ އެ ތިން ޤައުމުގެ މިފަދަ އިންޒާރުތަކުގެ ސަބަބަުން ފަލަސްޠީނުގެ ޖަމާޢަތެއް ކަމުގައިވާ ޙަމާސްއަށް ވަރަށޤ ބޮޑަށް ބާރު ލިބެމުންދާނެ ކަމަށެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS