ދުނިޔެ

ޣައްޒާއަށް ފަސް ޓްރަކު ވެއްދިއިރު އޭގެތެރެއިން ދެ ޓްރަކުގައިވަނީ ހުސް ކަފުން

ޣައްޒާއަށް ފަސް ޓްރަކު ވެއްދިއިރު އޭގެތެރެއިން ދެ ޓްރަކުގައިވަނީ ހުސް ކަފުން

ޣައްޒާއަށް ވެއްދި ތްރަކުންގެ ތެރެއިން އެއް ޓްރަކް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

20 މޭ 2025، 06:13

20 މޭ 2025، 06:13

ޣައްޒާއަށް އެހީގެ ޓްރަކުތައް ވަނުމަށް އިސްރާއީލުން ހުއްދަދީފިއެވެ. މިއީ އިސްރާއީލުން ގާޒާއަށް ކާބޯތަކެއްޗާއި، ބޭސްފަރުވާގެ ތަކެއްޗާއި އަދި އެހެނިހެން ބޭނުންތެރި ތަކެތި ވަނުން ހުއްޓުވާލިތާ ގާތްގަނޑަކަށް 3 މަސްދުވަސް ފަހުން ދީފައިވާ ހުއްދައެކެވެ.

އިސްރާއީލުގެ ދިފާއީ މުއައްސަސާ ކޯގެޓުން މަޢުލޫމާތު ދީފައިވާ ގޮތުގައި، ކެރެމް ޝަލޯމް ކްރޮސިންގ މެދުވެރިކޮށް ކުޑަކުދިންގެ ކާނާއާއި އެހެނިހެން ބޭނުންތެރި އެހީގެ ތަކެތި އުފުލާ 5 ޓްރަކު ގާޒާއަށް ވަދެފައިވެއެވެ. އެކަމަކު އދ. ގެ އިންސާނީ އެހީގެ ވެރިޔާ ޓޮމް ފްލެޗަރ ވިދާޅުވެފައިވަނީ މިއީ ގާޒާއަށް ބޭނުންވާ އެހީގެ ކުޑަ މިންވަރެއް ކަމަށެވެ. އަދި ކާބޯތަކެއްޗަށް ބޭނުންވެ ބަނޑުހައި ހޫނުކަމުގައި ތިބި ބަޔަކަށް ފޮނުވާފައިވާ އެހީގެ ޓްރަކުގެ ތެރެއިން 2 ޓްރަކް ފުރާފައިވަނީ ކަފުނުންނެވެ.އަދި މިކަމާ ގިނަބަޔަކު ހިންހަމަނުޖެހުން ފާޅުކޮށް ބުންމުން އަންނަނީ މިއީ ފަލަސްތީން ރައްޔިތުންގެ ނަސްލު ނައްތާލުމަށް އަދި އެމީހުން ޝަހީދުކޮށް ހުސްކޮށްލުމަށް ދީފައިވާ ނިޝާނެއްކަމަށެވެ.

 އިސްރާއީލުގެ ބްލޮކޭޑްގެ ސަބަބުން ޣައްޒާގައި ކާބޯތަކެތި ލިބުމުގެ ދަތިކަން އިންތިހާއަށް ބޮޑުވެފައިވާކަމަށް ކާބޯތަކެތީގެ ރައްކާތެރިކަމާބެހޭ މާހިރުން ވަނީ އިންޒާރު ދީފައެވެ. އެންމެ ފަހުން ހިނގި ހަނގުރާމަ ހުއްޓާލި ދުވަސްވަރު، ދުވާލަކު 600 އެހީގެ ޓްރަކު ގާޒާއަށް ވަދެފައިވާ ކަމަށް ބުނެއެވެ.

އިސްރާއީލުގެ ހައްދުފަހަނައެޅި ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ ވިދާޅުވެފައިވަނީ، ގާޒާއަށް "މަދު" އަދަދެއްގެ އެހީ ފޮނުވަން ނިންމީ، އެމެރިކާ ފަދަ އެކުވެރި ޤައުމުތަކުން ބުނެފައިވާތީ ކަމަށެވެ. އެ ޤައުމުތަކުން ބުނެފައިވަނީ ގާޒާއިން "ބަނޑުހައިހޫނުކަމުގެ މަންޒަރުތައް" ފެންނަން ފެށުމުން އިސްރާއީލުގެ  ހަނގުރާމައަށް އެއްބާރުލުން ނުދެވޭނެ ކަމަށެވެ.

އެހެންނަމަވެސް، އިނގިރޭސިވިލާތާއި، ފަރަންސޭސިވިލާތާއި އަދި ކެނެޑާއިން ވަނީ މި އެހީ "އެއްގޮތަކަށްވެސް އެކަށީގެންނުވާ" ކަމަށް ބުނެ، އިސްރާއީލާ ދެކޮޅަށް "ވަކި ފިޔަވަޅުތަކެއް" އަޅާނެ ކަމަށް އިންޒާރު ދީފައެވެ. މިކަމާ ގުޅިގެން ބޮޑުވަޒީރު ނެތަންޔާހޫ ވިދާޅުވެފައިވަނީ މިއީ "އޮކްޓޯބަރު 7 ގައި އިސްރާއީލަށް ދިން ނަސްލު ނައްތާލުމުގެ ހަމަލާއަށް ލިބުނު ބޮޑު ކާމިޔާބީއެއް" ކަމަށެވެ.
                    

މި ލިޔުން ކިޔާލުމުން

Ads by MSS