ދުނިޔެ

ބާސްމަތީ ހަނޑުލަކީ އިންޑިއާގެ އުފެއްދުމެއްގެ ގޮތުގައި ރަޖިސްޓްރީ ކުރުމަށް ކުރި މަސައްކަތް ހުއްޓުވާލައިފި

ބާސްމަތީ ހަނޑުލަކީ އިންޑިއާގެ އުފެއްދުމެއްގެ ގޮތުގައި ރަޖިސްޓްރީ ކުރުމަށް ކުރި މަސައްކަތް ހުއްޓުވާލައިފި

ބާސްމަތީ ހަނޑޫ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

20 މޭ 2025، 07:32

20 މޭ 2025، 07:32

ޕާކިސްތާނުގެ ބާސްމަތީ ހަނޑުލަކީ އިންޑިއާގެ އުފެއްދުމެއްގެ ގޮތުގައި ރަޖިސްޓްރީ ކުރުމަށް އިންޑިއާއިން ކުރި މަސައްކަތް ޕާކިސްތާނުން ކާމިޔާބުކަމާއެކު ހުއްޓުވާލައިފިއެވެ. މިކަން ހާމަކޮށްފައިވަނީ ޕާކިސްތާނުގެ މިނިސްޓްރީ އޮފް ކޮމާސްގެ އެގްޒެކެޓިވް ޑިރެކްޓަރ ޖެނެރަލް މުޙައްމަދު އަޝްރަފެވެ.

އަޝްރަފް ވިދާޅުވި ގޮތުގައި ޕާކިސްތާނުގެ އުފެއްދުންތައް އިންޑިއާގެ ނަމުގައި ރަޖިސްޓްރީ ކުރުމަށް އިންޑިއާއިން ކުރާ މަސައްކަތްތައް ބަލިކޮށްލެވިފައިވެއެވެ. "ޕާކިސްތާނަށް ނިސްބަތްވާ ބައެއް އުފެއްދުންތައް އެބަހުރި. އެ އުފެއްދުންތައް ރަޖިސްޓްރީ ކުރަން މަސައްކަތް ކުރާ ކޮންމެ ފަހަރަކު އަޅުގަނޑުމެން ބައިނަލްއަޤްވާމީ ފޯރަމްތަކުގައި އެކަމާ ދެކޮޅަށް ވާހަކަ ދައްކަން. އެފަދަ މަސައްކަތްތަކާ ދެކޮޅަށް ވާހަކަ ދެއްކުމަށް ފުރިހަމަ ނިޒާމެއް އެބައޮތް. އަދި ބާސްމަތީ ހަނޑުލާ ގުޅޭ ގޮތުން އިންޑިއާއާ ދެކޮޅަށް ހުރިހާ ފޯރަމެއްގައި ވެސް އަޅުގަނޑުމެން ވާދަކޮށްފައިވާނެ،" އޭނާ ވިދާޅުވިއެވެ. އަދި އޮސްޓްރޭލިއާ އާއި ނިއުޒީލަންޑުގައި އިންޑިއާއިން ހުށަހެޅި އެޕްލިކޭޝަންތައް ރަސްމީކޮށް ބާތިލުކޮށްފައިވާ ކަމަށް ވެސް އޭނާ އިތުރަށް ފާހަގަކުރެއްވިއެވެ.

ޖިއޮގްރަފިކަލް އިންޑިކޭޝަންސް (ޖީއައި) އާ ގުޅޭ ގޮތުން ބޭއްވުނު ޤައުމީ ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން، ޕާކިސްތާނުގެ ފެޑެރަލް މިނިސްޓަރ ފޮރ ކޮމާސް ޖަމް ކަމާލް ޚާން ވިދާޅުވީ، ޕާކިސްތާނުން ޖީއައި އާ ގުޅިފައިވާ އުފެއްދުންތައް ދުނިޔޭގެ ބްރޭންޑްތަކެއްގެ ގޮތުގައި ކުރިއަރުވާނެ ކަމަށެވެ. މިކަމުގެ ސަބަބުން ކުދި ދަނޑުވެރިންނާއި، އަތްތެރި މަސައްކަތްތެރިންނާއި އަދި ސަޕްލައި ޗެއިންގައި ހިމެނޭ އެހެނިހެން ފަރާތްތަކަށް ފައިދާ ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ޕާކިސްތާނުގައި 200 އަށްވުރެ ގިނަ އުފެއްދުން ފާހަގަކުރެވިފައިވާ ކަމަށާއި، އޭގެ ތެރެއިން ބާސްމަތީ ހަނޑުލާއި ސިންދުރީ އަނބު ހިމެނޭ ގޮތަށް 20 އުފެއްދުން މިހާރު ވަނީ ރަޖިސްޓްރީ ކުރެވިފައި ކަމަށް އޭނާ ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވި ގޮތުގައި ޖީއައި ނިޒާމުގެ ސަބަބުން ޕާކިސްތާނުގެ އިޤްތިޞާދު އާރާސްތުކުރެވި، ބޭރަށް އުފެއްދުންތައް ފޮނުވާ ފަރާތްތަކަށް މަތީ ފައިދާ ލިބޭނެއެވެ. 
                    

މި ލިޔުން ކިޔާލުމުން

Ads by MSS