ސައިންސް

ވަޓްސްއަޕްއިން އެންޓިކެމްޕެއިން ކުރާތީ ޓެލެގްރާމުން ވަރުގަދަ ރައްދަކަށް ތައްޔާރުވަނީ

ވަޓްސްއަޕްއިން އެންޓިކެމްޕެއިން ކުރާތީ ޓެލެގްރާމުން ވަރުގަދަ ރައްދަކަށް ތައްޔާރުވަނީ

ވަޓްސްއަޕް ލޯންޗުކޮށްފައި ވަނީ ޓެލެގްރާމްއަށް ވުރެ 4 ވަރަަކަށް އަަހަރު ފުރުނު ފަހުން ---

20 މޭ 2025، 10:39

ވަޓްސްއަޕް އެޕްލިކޭޝަނުން ޓެލެގްރާމްގެ ސިފަތައް ކޮޕީ ކުރުމަށްފަހު އެ އެޕްލިކޭޝަނާ ދެކޮޅަށް އެންޓިކެމްޕެއިން ކުރާތީ ޓެލެގްރާމުން ވަރުގަދަ ރައްދެއް ދިނުމަށް ތައްޔާރުވާން ފަށައިފިއެވެ.

ޓެލެގްރާމްގެ ފައުންޑަރ އަދި ސީއީއޯ ޕަވެލް ޑްރޯވް އޭނާގެ ޓެލެގްރާމް ޗެނަލްގައި ޕޯސްޓުކުރި މެސެޖެއްގައި ބުނީ، ޓެލެގްރާމް އުޅެނީ އެ އެޕްލިކޭޝަން ކޮޕީކުރާ ވަޓްސްއަޕްއަށް ވުރެ އަހަރުތަކެއް ކުރީގައި ކަމަށެވެ. އަދި ޓެލެގްރާމް އެޕަށް އެންޓި ކެމްޕެއިން ކުރާތީ މިކަމުގަ އެންމެ ރަނގަޅު ގޮތަކީ ސީދާ ރައްދުދިނުމަށް މައިދާނަށް ނިކުތުން ކަމުގައި ޑުރޯވް ވަނީ ފާހަގަކޮށްފައެވެ.

އެހެންކަމުން، ޓެލެގްރާމުން ވަނީ 50،000 އެމެރިކާ ޑޮލަރުގެ އިނާމަކާއެކު، އެ އެޕްލިކޭޝަނަކީ ވަޓްސްއަޕަށް ވުރެ މާ ކުރީގައި އުޅޭ އެޕްލިކޭޝަނެއްކަން ހާމަކޮށްދޭ ވީޑިއޯ ހުށަހެޅުމުގެ މުބާރާތެއް ހުޅުވާލާފައެވެ. އެ ވީޑިއޯއިން ދޭން ޖެހޭ މެސެޖަކީ، ވަޓްސްއަޕަށް ވުރެ ޓެލެގްރާމް އެތައް އަހަރެއް ކުރީގައި އުޅޭކަމެވެ.

ކޮންޓެންޓު ހަދާ މީހުންނަށް ފަސޭހަކޮށްދިނުމަށް ޑުރޯވް ވަނީ، ވަޓްސްއަޕަށް ވުރެ ކުރިން ޓެލެގްރާމުން ތަޢާރަފްކުރި 30 ސިފައެއް ޙިއްސާކޮށްފައެވެ. އަދި މި ހުރިހާ ސިފައަކީ ވެސް ފަހުން ވަޓްސްއަޕުން ކޮޕީކޮށްފައިވާ ސިފަތަކެއްކަން އޭނާ ވަނީ ބުނެފައެވެ. 

ވަޓްސްއަޕުން ކޮޕީކޮށްފައިވާ ޓެލެގްރާމްގެ 30 ސިފަ:

  • ޗެނަލްސް (2015) – ވަޓްސްއަޕުން ލޯންޗުކުރީ 8 އަހަރު ފަހުން
  • މެސްޓް އެޑިޓްކުރުން (2016) – ވަޓްސްއަޕުން ލޯންޗުކުރީ 7 އަހަރު ފަހުން
  • އޮޓޯ ޑިލީޓް ޓައިމަރ (2013) – ވަޓްސްއަޕުން ލޯންޗުކުރީ 7 އަހަރު ފަހުން
  • ލިންކް ޕްރިވިއު (2015) – ވަޓްސްއަޕުން ލޯންޗުކުރީ 7 އަހަރު ފަހުން
  • ޗެޓް ފޯލްޑަރސް (2020) – ވަޓްސްއަޕުން ލޯންޗުކުރީ 4 އަހަރު ފަހުން
  • ޕޯލްސް (2018) – ވަޓްސްއަޕުން ލޯންޗުކުރީ 3 އަހަރު ފަހުން
  • ސްޓިކަރސް (2015) – ވަޓްސްއަޕުން ލޯންޗުކުރީ 3 އަހަރު ފަހުން
  • ވޮއިސް-ޓު-ޓެކްސްޓް (2022) – ވަޓްސްއަޕުން ލޯންޗުކުރީ 2 އަހަރު ފަހުން
  • ރިޕްލައިސް (2015) – ވަޓްސްއަޕުން ލޯންޗުކުރީ 1 އަހަރު ފަހުން
  • މެސެޖް ރިއެކްޝަން (2021) – ވަޓްސްއަޕުން ލޯންޗުކުރީ 8 މަސް ފަހުން
  • މަލްޓިޕަލް ޑިވައިސް ސަޕޯޓް (2013) – ވަޓްސްއަޕުން ލޯންޗުކުރީ 9 އަހަރު ފަހުން
  • ލާރޖް ގްރޫޕް ޗެޓްސް (2015) – ވަޓްސްއަޕުން ލޯންޗުކުރީ 7 އަހަރު ފަހުން
  • ސޭވްޑް މެސެޖަސް (2017) – ވަޓްސްއަޕުން ލޯންޗުކުރީ 5 އަހަރު ފަހުން
  • ޑޮކިއުމެންޓް ޝެއަރިން (2013) – ވަޓްސްއަޕުން ލޯންޗުކުރީ 3 އަހަރު ފަހުން
  • ޑާރކް މޯޑު (2017) – ވަޓްސްއަޕުން ލޯންޗުކުރީ 3 އަހަރު ފަހުން
  • އިންވައިޓް ލިންކް ޓު ގްރޫޕްސް (2015) – ވަޓްސްއަޕުން ލޯންޗުކުރީ 1 އަހަރު ފަހުން
  • އެންޑް-ޓު-އެންޑް-އެންކްރިޕްޝަން (2013) – ވަޓްސްއަޕުން ލޯންޗުކުރީ 1 އަހަރު ފަހުން
  • ޓެކްސްޓް ފޯމެޓިން (2015) – ވަޓްސްއަޕުން ލޯންޗުކުރީ 1 އަހަރު ފަހުން
  • ޓޫ ސްޓެޕް ވެރިފިކޭޝަން (2015) – ވަޓްސްއަޕުން ލޯންޗުކުރީ 1 އަހަރު ފަހުން
  • ޖިފް ޝެއަރިން އެންޑް ސާރޗް (2014) – ވަޓްސްއަޕުން ލޯންޗުކުރީ 1 އަހަރު ފަހުން
  • މެސެޖު ޑްރާފްޓްސް (2016) – ވަޓްސްއަޕުން ލޯންޗުކުރީ 8 އަހަރު ފަހުން
  • ޑިސަޕެއަރިން މީޑިއާ (2013) – ވަޓްސްއަޕުން ލޯންޗުކުރީ 8 އަހަރު ފަހުން
  • ވީޑިއޯ މެސެޖަސް (2017) – ވަޓްސްއަޕުން ލޯންޗުކުރީ 6 އަހަރު ފަހުން
  • ޕިންޑް މެސެޖަސް (2017) – ވަޓްސްއަޕުން ލޯންޗުކުރީ 5 އަހަރު ފަހުން
  • މަލްޓިޕަލް އެކައުންޓްސް (2017) – ވަޓްސްއަޕުން ލޯންޗުކުރީ 5 އަހަރު ފަހުން
  • ވެބް ސަޕޯޓް (2014) – ވަޓްސްއަޕުން ލޯންޗުކުރީ 1 އަހަރު ފަހުން
  • ގްރޫޕް ޑެސްކްރިޕްޝަންސް (2016) – ވަޓްސްއަޕުން ލޯންޗުކުރީ 2 އަހަރު ފަހުން
  • ޑިލީޓް ފޯރ އޯލް (2014) – ވަޓްސްއަޕުން ލޯންޗުކުރީ 3 އަހަރު ފަހުން
  • ވޮއިސް މެސެޖު ސްޕީޑް (2018) – ވަޓްސްއަޕުން ލޯންޗުކުރީ 3 އަހަރު ފަހުން
  • ޓަޗް އައިޑީ އެންޑް ފޭސް އައިޑީ (2015) – ވަޓްސްއަޕުން ލޯންޗުކުރީ 4 އަހަރު ފަހުން

މި ލިސްޓަށް ވުރެ ޓެލެގްރާމްގެ ސިފަތައް އިތުރެވެ. އަދި ވަޓްސްއަޕްގައި ނެތް ގިނަ ސިފަތަކެއް ޓެލެގްރާމް ބޭނުންކުރާ ފަރާތްތަކުން އަންނަނީ ބޭނުން ކުރަމުންނެވެ.

ޔޫރަޕާއި، އޭޝިއާ އަދި އެފްރިކާގެ ޤައުމުތަކުގައި ވެސް ޓެލްގްރާމްގެ މަގުބޫލުކަން އިތުރުއިރު، މި އެޕްލިކޭޝަން ގިނަ ބަޔަކަށް ކަމުދަނީ މެސެޖު ފޮނުވުމުގައި ހަލުވިކަމުންނާއި، ސަލާމަތީ ގޮތުން އެޕްލިކޭޝަން ރަގަޅުކަމުންނެވެ. 

ނަމަވެސް ޓެލެގްރާމަށް ވުރެ ދުނިޔޭގެ ގިނަ ކަންކޮޅުތަކުގައި ވަޓްސްއަޕް ބޭނުންކުރާ މީހުން ގިނައެވެ. އަދި ވަކި މިންވަރަކަށް ވިޔަފާރިތަކުގައި ވެސް ވަޓްސްއަޕް އަންނަނީ ބޭނުންކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS