Ads by Aqeeqa Maldives

ޚަބަރު

ކަނޑުހުޅުދޫއިން މަސްތުވާތަކެއްޗާއެކު ދިވެހި ފިރިހެނަކު ހައްޔަރުކޮށްފި

ކަނޑުހުޅުދޫއިން މަސްތުވާތަކެއްޗާއެކު ދިވެހި ފިރިހެނަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހާ/ފޮޓޯ: ފުލުހުން

21 މޭ 2025، 03:44

ދިވެހި ފުލުހުންގެ ޚިދުމަތުން ގއ. ކަނޑުހުޅުދޫގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ދިވެހި ފިރިހެނަކު ހައްޔަރުކޮށްފި އެވެ.

މި މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ ގއ. ކަނޑުހުޅުދޫ / ލިންކިންޕާކް، މުޙައްމަދު މަޤުޞަދު (44އ) އެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ފުލުހުންނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން މި ހިނގާ މެއި މަހުގެ 20 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން މުޙައްމަދު މަޤުޞަދު ދިރިއުޅޭ ގެ ބަލާ ފާސްކޮށްފައިވާ ކަމަށެވެ. އަދި އެގެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓުތަކެއް ފެނިފައިވާކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.  މި ތަކެތީގެ ވަގުތީ ބަރުދަނަކީ 13 ގުރާމެވެ.

މި މައްސަލާ ގުޅިގެން މުޙައްމަދު މަޤުޞަދުގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 5 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS