ދުނިޔެ

ޣައްޒާއަށް އެހީ ފޯރުކޮށްދިނުމަށް އިޒްރާއިލާއިއެކު އެއްބަސްވުމަކަށް އާދެވިއްޖެ: ޔޫއޭއީ

ޣައްޒާއަށް އެހީ ފޯރުކޮށްދިނުމަށް އިޒްރާއިލާއިއެކު އެއްބަސްވުމަކަށް އާދެވިއްޖެ: ޔޫއޭއީ

ޔޫއޭއީގެ ފޮރިން މިނިސްޓަރ ޝެއިޚް އަބްދުالله ބިން ޒައިދު އަލް ނަހްޔާން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

21 މޭ 2025، 04:44

21 މޭ 2025، 04:44

ހުލާސާ


ޣައްޒާއަށް އެހީ ފޯރުކޮށްދިނުމަށް އިޒްރާއިލާއިއެކު އެއްބަސްވުމަަަކަށް އާދެވިއްޖެ ކަމަށް ޔުނައިޓެޑް ޢަރަބް އެމިރޭޓްސް (ޔޫއޭއީ) އިން ބުނެފިއެވެ.

ޔޫއޭއީގެ ދައުލަތުގެ ނޫސް އެޖެންސީ ޑަބްލިއުއޭއެމްއިން ބުނެފައިވާ ގޮތުގައި އެއްބަސްވުމަކަށް އާދެވުނީ ޔޫއޭއީގެ ފޮރިން މިނިސްޓަރު ޝެއިޚް އަބްދުالله ބިން ޒައިދު އަލް ނަހްޔާން އާއި އޭނާގެ އިޒްރާއީލުގެ ކައުންޓަރޕާޓް ގިޑިއަން ސާރާއި ދެމެދު ކުރެވުނު ފޯނު ކޯލެއްގައިކަމަށެވެ.

ޑަބްލިއުއޭއެމްއިން ބުނެފައިވާ ގޮތުގައި މި އެހީގެ ދަށުން ފުރަތަމަ ބުރުގައި ޣައްޒާގެ ގާތްގަނޑަކަށް 15،000 އާންމުންނަށް ކާބޯތަކެތި ފޯރުކޮށްދެވޭނެ ކަމަށެވެ. އަދި ބޭކަރީތަކަށް ބޭނުންވާ ޒަރޫރީ ސާމާނާއި ތުއްތު ކުދިންނަށް ފަރުވާ ދިނުމަށް ބޭނުންވާ މުހިއްމު ތަކެތި ވެސް ހިމެނޭނެ ކަމަށް ބުނެފައިވެއެވެ.

މީގެ ކުރިން އަންގާރަ ދުވަހު ޖެނީވާގައި ހުންނަ އިންސާނީ އެހީދޭ އޮފީހުގެ ތަރުޖަމާނަކު ވިދާޅުވީ ޣައްޒާއަށް އެތެރެވުމުގެ ހުއްދަ އިސްރާއީލުން 100 އެއްހާ އެހީ ޓްރަކް ދީފައިވާ ކަމަށެވެ.

ނަމަވެސް އެ ސަރަހައްދަށް އެހީގެ ޓްރަކްތަކެއް ވަދެގެން ދިޔަ ނަމަވެސް އިޒްރާއީލުގެ ހުރަސްތަކުގެ ސަބަބުން ޣައްޒާގައި އެއްވެސް އެހީއެއް ބަހާފައި ނުވާ ކަމަށް ރިޕޯތުތަކުން ވަނީ އެނގިފައެވެ. 

ޣައްޒާގެ އެތެރެއަށް އިންސާނީ އެހީގެ އެއްވެސް ބާވަތެއް ނުވައްދާތާ ތިން މަސް ފަހުން މީގެ ދެދުވަސް ކުރިން އިޒްރާއިލުން ވަނީ 30 ޓްރަކް ވެއްދުމަށް ހުއްދަދީފައެވެ. ހުއްދަ ދީގެން ވެއްދި ޓްރަކްތަކުގެ ތެރެއިން ފުރަތަމަ ވެއްދި 10 ޓްރަކްގެ ތެރެއިން 5 ޓްރަކަކަކީ ކަފުން ހުރި 5 ޓްރަކްކަމަށް ރިޕޯޓު ތައް ބުނެއެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS