Ads by Aqeeqa Maldives

ޚަބަރު

އެންޑީއޭ އާއި ޑީޖޭޖޭ ގުޅިގެން މަސައްކަތްކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި

އެންޑީއޭ އާއި ޑީޖޭޖޭ ގުޅިގެން މަސައްކަތްކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި

އެންޑީއޭ އާއި ޑީޖޭޖޭ އާއި ފަހުމުނާމާގައި ސޮއިކުރެވުން. ފޮޓޯ: ޕީއެސްއެމް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

21 މޭ 2025، 05:05

21 މޭ 2025، 05:05

ހުލާސާ


ނޭޝަނަލް ޑްރަގް އޭޖެންސީ އާއި ޑިޕާޓްމެންޓް އޮފް ޖުވެނަލް ޖަސްޓިސް ގުޅިގެން މަސައްކަތް ކުރުމަށް އެދއިދާރާގެ ދެމެދުގައި ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ. 

މިއަދު ޑީޖޭޖޭގައި ބޭއްވުނު ރަސްމިއްޔާތެއްގައި އެޑިޕާޓްމެންޓްގެ ފަރާތުން އެފަހުމުނާމާގައި ސޮއިކުރެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ޞިއްދީޤެވެ. އެންޑީއޭގެ ފަރާތުން ސޮއި ކުރެއްވެވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަދި އެ އެޖެންސީގެ ޗެއަރޕާސަން ލުބުނާ ޒާހިރެވެ.

މިފަހުމުނާމާގައި ސޮއި ކުރެއްވުމަށްފަހު ދެބޭފުޅުންވެސް މީޑިއާ ވާހަކަދައްކަވައިފައިވެއެވެ. ދާޚިލީ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ޞިއްދީޤ  ވިދާޅުވީ ޑީޖޭޖޭ އާއި އެންޑީއޭ އަކީވެސް ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންދާ ދެ އިދާރާ ކަމަށާއި އެއްބަސްވުމުގެ ބޭނުމަކީ އެ މަސައްކަތުގައި އެއް އިދާރާއިން އަނެއް އިދާރާއަށް އެއްބާރުލުން ދިނުން ކަމަށެވެ.

އަދި މަސްތުވާތަކެއްޗަށް ކުޑަކުދިންވެސް ހުށަހެޅެމުންދާއިރު އެ ކުދިންނަށް ފަރުވާދީ ރިހެބިލިޓޭޓް ކުރުމަށް ދެ ފަރާތް ގުޅިގެން މުހިންމު މަސައްކަތްތަކެއް ކުރެވޭނެ ކަމަށްވެސް ޞިއްދީޤް ވިދާޅުވިއެވެ.

ޞިއްދީޤް ވިދާޅުވީ ދެފަރާތް ގުޅިގެން މަސައްކަތް ކޮށްފި ކަމުގައިވާނަަމަ މާދަމާގެ މުސްތަޤުބަލައްޓަކައި މިއަދުގެ ކުޑަކުދިން ރިހެބިލިޓޭޓް ކުރުމަށް ގިނަ ރަނގަޅު ކަންތައްތަކެއް ކުރެވިގެންދާނެ ކަމަށް ޤަބޫލުކުރެވޭކަމަށެވެ.

އެންޑީއޭގެ ޗެއަރޕާސަން ލުބުނާ ޒާހިރު ވިދާޅުވީ މި އެއްބަސްވުމުގެ ސަބަބުން ޑީޖޭޖޭއިން ޚިދުމަތް ހޯދާ ފަރާތްތަކަށް އެންޑީއޭގެ ސައިކޭޓްރީ ޚިދުމަތް ލިބޭނެ ކަމަށެވެ. މިއީ ވަރަށް ބޮޑު ފަސޭހައެއް ކަމަށާއި ދެ އިދާރާ ގުޅިގެން މަސައްކަތް ކުރުމުން އަވަސް އަދި ފެންވަރު ރަނގަޅު ނަތީޖާއެއް ނެރެވޭނެ ކަމަށްވެސް ލުބުނާ ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS