Ads by Aqeeqa Maldives

ޚަބަރު

ލިވަޕޫލް އެފްސީގެ ވަފުދު ގައުމީ ދާރުލްއާސާރަށް ޒިޔާރަތްކޮށްފި

ލިވަޕޫލް އެފްސީގެ ވަފުދު ގައުމީ ދާރުލްއާސާރަށް ޒިޔާރަތްކޮށްފި

ލިވަޕޫލް އެފްސީގެ ވަފުދު ގައުމީ ދާރުލްއާސާރަށް ޒިޔާރަތްކުރެއްވުން، ފޮޓޯ: ތަރިކައާ ބެހޭ ވުޒާރާ

21 މޭ 2025، 09:52

ލިވަޕޫލް ފުޓުބޯޅަ ކްލަބުގެ އޮފިޝަލުންގެ ޓީމު ރާއްޖޭގެ ޤައުމީ ދާރުލްއާސާރަށް ޒިޔާރަތްކޮށްފިއެވެ.

މިއީ ލިވަޕޫލް އެފްސީގެ ރަސްމީ ޓޫރިސްޓް ޑެސްޓިނޭޝަން ޕާޓްނަރގެ ގޮތުގައި ރާއްޖެ ހަމަޖެއްސުމާ ގުޅިގެން ހަދާފައިވާ އެއްބަސްވުމާއެކު ރާއްޖެ އާއި ލިވަޕޫލް ގުޅިގެން ކުރަން އެއްބަސްވެފައިވާ ކަންކަމާ ގުޅިގެން މަޝްވަރާ ކުރެއްވުމަށް  އެ ކުލަބުގެ އޮފިޝަލުން ކުރައްވާ ދަތުރުފުޅެކެވެ.

މި ވަފުދުގައި ހިމެނިގެން ޤައުމީ ދާރުލްއާސާރަށް ޒިޔާރަތްކޮށްފައި ވަނީ ލިވަޕޫލްގެ ފަރާތުން ރާއްޖެއަށް އައި، އެ ކުލަބުގެ ޕާޓްނަޝިޕްސް ޑެލިވަރީގެ ނައިބު ރައީސް ޑޭވިޑް ޕޯލް އާއި އެލްއެފްސީ އެކްސް ވިޒިޓް މޯލްޑިވްސް ޕާޓްނަޝިޕްގެ ގްލޯބަލް ޕާޓްނަޝިޕް ސޭލްސްގެ ޑިރެކްޓަރު އެލެކްސް ފްރޭސަރއެވެ.

ދާރުލްއާސާރަށް ކުރެއްވި ޒިޔާރަތުގައި އެ ބޭފުޅުން ވަނީ ދާރުލްއާސާރު ބައްލަވާލައްވާފައެވެ. އަދި އެތަނުގައި ރައްކާތެރިކޮށްފައިވާ ތަކެއްޗާ ބެހޭ ތަފްސީލްތައް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ފަރާތުން ވަނީ ޙިއްސާކޮށްފައެވެ.

ލިވަޕޫލްގެ ވަފުދުން މިއަދު ވަނީ ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވަޒީރު އަބުދުﷲ ރާފިއުއާ  ވެސް ބައްދަލުކުރައްވާފައެވެ. މި ބައްދަލު ކުރެއްވުުގައި ލިވަޕޫލް ފުޓްބޯލް އެކަޑަމީގެ ނަމުގައި ރާއްޖޭގައި އެކަޑަމީއެއް ލޯންޗުކުރުމަށާއި، ލިވަޕޫލްގެ އެހީތެރިކަމާއެކު ރާއްޖޭގެ ފުޓުބޯޅަ ކުރިއެރުވުމަށް ކުރިވިދާނެ ކަންކަމާ ގުޅިގެން މަޝްވަރާކޮށްފައިވެއެވެ. 

ލިވަޕޫލްއާއެކު ރާއްޖެިން ހަދާފައިވާ މި އެއްބަސްވުމާއެކު ރާއްޖޭގެ އެތުލީޓުންނަށް ލިވަޕޫލް އެފްސީގެ ކޯޗުންގެ އިރުޝާދާއެކު ފެންވަރު މަތިކުރުމަށް ތަމްރީނު ފުރުސަތުތައް ހޯދުމާއި ރާއްޖެއާއި އިނގިރޭސިވިލާތުގައިވެސް އެތުލީޓުން ޓްރެއިން ކުރުމަށް ފުރުސަތުތައް ފަހިވެގެންދާނެއެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS