ދުނިޔެ

ޣައްޒާއަށް ވައްދަން އިޒްރާއިލުން ހުއްދަދިން އެހީ އަކީ ކަނޑަށް ވައްޓާލި ފެނުގެ އެއްތިކީގެ ގޮތުގައި އައިއާރްސީއިން ސިފަކޮށްފި

ޣައްޒާއަށް ވައްދަން އިޒްރާއިލުން ހުއްދަދިން އެހީ އަކީ ކަނޑަށް ވައްޓާލި ފެނުގެ އެއްތިކީގެ ގޮތުގައި އައިއާރްސީއިން ސިފަކޮށްފި

ކާއެއްޗެހި ބަހާ ތާކަށްގޮސް ހުރި ޣައްޒާގެ ކުޑަ އަންހެން ކުއްޖެއް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

21 މޭ 2025، 11:09

21 މޭ 2025، 11:09

ދިހަ ހަފްތާ ވަންދެން އެހީގެ ގޮތުގައި އެއްވެސް އެއްޗެއް ވެއްދިޔަނުދީ ޣައްޒާ ބަންދުކުރުމަށްފަހު އިޒްރާއިލުން ޣައްޒާއަށް އެހީ ވައްދަން ހުއްދަދިން ވަރަކީ ކަނޑަށް ވައްޓާލި ފެނުގެ އެއްތިކީގެ ގޮތުގައި ންޓަނޭޝަނަލް ރެސްކިއު ކޮމިޓީ (އައިއާރުސީ)އިން ސިފަކޮށްފިއެވެ. 

އައިއާރުސީއިން ވަނީ މިކަމާއި ބެހޭ ގޮތުން ބަޔާނެއް ނެރެފައެވެ. 

އެ ބަޔާނުގައި އައިއާރުސީއިން ވަނީ އިންސާނީ އެހީ އިތުރުކުރުމަށް ގޮވާލައިފައެވެ. މީގެ އިތުރުން އެ ކޮމިޓީއިން ވަނީ އިންސާނީ އެހީގެ ދަތިކަން ބޮޑުވަމުންދާއިރު މިހާތަނަށް ހުއްދަ ދީފައިވާ އެހީގެ މިންވަރަކީ ފުދޭނެ މިންވަރެއް ނޫން ކަމަށް ބުނެފައެވެ.

އެގޮތުން ޣައްޒާގައި ތިބި ފަލަސްތީނުގެ ރައްޔިތުން ތިބީ "ބަނޑުހައިހޫނުކަމުގެ އިންތިހާ" ގައި ކަމަށާއި ސިއްހީ ނިޒާމު މުޅިން ފުނޑުފުނޑުވެފައިވާ ކަމަށްވެސް އެބަޔާނުގައި ބުނެފައިވެއެވެ.

ފަހުގެ އެސެސްމަންޓްތަކަށް ހަވާލާދީ އައިއާރުސީން ރިޕޯޓްކޮށްފައިވާ ގޮތުގައި ގާތްގަނޑަކަށް 60 ޕަސެންޓް އާއިލާތަކަށް ރޮށި ނުވަތަ ތާޒާ ކާނާ ނުލިބޭއިރު، 60 ޕަސެންޓަށް ވުރެ ގިނަ އާއިލާތަކަށް ސާފު ފެން ނުލިބެ އެވެ.

ދަޅު ގައި ބަންދުކުރި ކާނާގެ ބާވަތްތައް ގާތްގަނޑަކަށް ހުސްވެގެން ގޮސްފައިވާއިރު، ކުޑަކުދިންނަށް ބޭނުންވާ ޚާއްސަ ކިރާއި، ކާނާ ލިބުން ފާއިތުވި މަހެއްހާ ދުވަހުގެ ތެރޭގައި ދެގުނައަށް ދަތިވެ އުނދަގޫވެފައިވާ ކަމަށް ވެސް އެ ކޮމިޓީއިން ބުނެ އެވެ.

ޣައްޒާއަށް ވެއްދި ކާބޯތަކެތީގެ އެހީގެ މަދުމިންވަރަކީ އެތަނަށް ބޭނުންވާ މިންވަރާއި ގާތްވެސް ކުރާ ވަރެއްނޫން، އިއްޔެ ކާނާގެ ތަކެއްޗާއެކު 9 ޓްރަކު ވަދެފައިވާކަން ފާހަގަކުރަން، މިއީ 10 ހަފްތާއަށްވުރެ ގިނަ ދުވަހުގެ ފަހުން ޣައްޒާއަށް ވަދެފައިވާ ފުރަތަމަ އެހީ، އެހެނަސް ޣައްޒާގެ މީހުންނަށް ބޭނުންވަނީ ހުރިހާ އަސާސީ ތަކެތި ދެމެހެއްޓެނިވި ގޮތެއްގައި އަބަދުމެ ލިބޭނެގޮތެއް، ހަމައެކަނި ކާނާއާއި ބޭހެއް ނޫން، އޭގެއިތުރުން ފެނާއި، ތެލާއި، އަދި ސާފުތާހިރުވުމަށް ބޭނުންކުރާ ތަކެތި ވެސް މީގެ ތެރޭގައި ހިމެނޭ.

އައި.އާރު.ސީގެ އިސްފަރަތެއް ކަަމަށްވާ ޒޯއީ ޑެނިއަލްސް ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވެފައިވަނީ އެފަދަ އަސާސީ ކަންކަމާއި ނުލައި އިންސާނީ އެހީތެރިކަމުގެ އޮޕަރޭޝަންސްތައް ކުރިއަށް ނުގެންދެވޭނެކަމަށެެވެ. 

ޣައްޒާގެ މީޑީއާ އޮފީހުންވެސް ވަނީ ޣައްޒާގެ އިންސާނީ ކާރިސާގެ އިތުރަށް ގޯސްވާނެ ކަމުގެ އިންޒާރުދީފައެވެ. 

ޣައްޒާގެ މީޑިއާ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިޒްރާއީލު ސިފައިން ޣައްޒާއަށް އިންސާނީ އެހީގެ ޓްރަކްތައް ވަނުން ހުއްޓުވައިފައިވާތާ ތިންދުވަސްވެފައިވާ ކަމަށެވެ.

އެ އޮފީހުން ބުނެފައިވަނީ 81 ދުވަސް ވަންދެން އިންސާނީ އެހީގެ އެއްވެސް މިންވަރެއް ޣައްޒާގެ ރައްޔިތުންނަށް ލިބުނަ ނުދީ ބަންދު ކުރުމަށްފަހު، އިޒްރާއީލުން ބައެއް އިންސާނީ އެހީގެ ތަކެތި ވެއްދުމަށް ހުއްދަ ދޭނެކަމަށް އިއުލާނުކުރުމަށްފަހު އެބަހާއި ޚިލާފުވެފައިވާ ކަމަށެވެ.

ޣައްޒާގެ ސިއްހީ އަދި އިންފްރާސްޓްރަކްޗާ ނިޒާމުތައް މުޅިން ފުނޑުފުނޑުވުމާ ގާތްވަމުންދާއިރު ކާބޯތަކެއްޗާއި ބޭހާއި ތެލުގެ ބޮޑު ދަތިކަމެއް ކުރިމަތިވެފައިވާ ކަމަށް ބުނެ އެ އޮފީހުން ވަނީ ބުނެފައެވެ.

ޣައްޒާ މީޑީއާގެ ބަޔާނުގައި ބުނެފައިވަނީ އިޒްރާއިލުން ބޯޑަރުތައް ބަންދުކޮށް ޣައްޒާގެ ރައްޔިތުންނާއި ދެކޮޅަށް ބަނޑުހައިހޫނު ކަން ހަތިޔާރަކަށް ހަދައިފައިވާ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS