Ads by Aqeeqa Maldives

ޚަބަރު

މާދަމާ ހެނދުނު 9:15 އިން 10:45 ސްކޫލްތައް ކައިރި ސަރަހައްދުތަކުގެ އަޑުގަދަ ނުކުރުމަށް އިލްތިމާސްކޮށްފި

މާދަމާ ހެނދުނު 9:15 އިން 10:45 ސްކޫލްތައް ކައިރި ސަރަހައްދުތަކުގެ އަޑުގަދަ ނުކުރުމަށް އިލްތިމާސްކޮށްފި

އިސްކަންދަރު ސްކޫލް. ފޮޓޯ: އަވަސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

21 މޭ 2025، 11:11

21 މޭ 2025، 11:11

މާދަމާ ހެނދުނުގެ 9:15 އިން 10:45 އަކަށް ސްކޫލްތައް ކައިރި ސަރަހައްދުތަކުގައި އަޑުގަދަ ވާނެފަދަ ކަންކަން ނުކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އިލްތިމާސްކޮށްފިއެވެ.

މާދަމާ 22 މެއި 2025 ވާ ދުވަހުގެ ހެނދުނު 9:15 އިން 10:45 އަކަށް މިއަހަަރު އޯލެވެލް ހަދާ ދަރިވަރުންގެ އިނގިރޭސި މާއްދާގެ އަޑުއެހުމުގެ ޓެސްޓު އޮންނާތީ ސްކޫލްތައް ހިމެނޭ ސަރަހައްދުތަކުގައި ޓްރެފިކް ތޮއްޖެހިދާނެ ފަދަ ކަންކަމުން އެއްކިބާވެ، ބަރުގޮނު ބޭނުންނުކުރުމަށް ވެސް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

މީގެއިތުުރުން ފުލުހުން ބުނެފައިވަނީ ޓެސްޓު ހެދުމަށް ދަރިވަރުންނަށް އެކަށީގެންވާފަދަ މާހައުލެއް ޤާއިމްކޮށްދެއްވުމަށް އެންމެހާ ފަރާތްތަކުންވެސް އެއްބާރުލުން ދެއްވުން އެދޭކަމަށެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS