Ads by Aqeeqa Maldives

ޚަބަރު

ސްޓެލްކޯ އާއި ވާޓްސިލާ ގުޅިގެން ކިއުއީއެޗްއެސް ސެޝަނެއް ބާއްވައިފި

ސްޓެލްކޯ އާއި ވާޓްސިލާ ގުޅިގެން ކިއުއީއެޗްއެސް ސެޝަނެއް ބާއްވައިފި

ސްޓެލްކޯ އާއި ވާޓްސިލާ ގުޅިގެން ކިއުއީއެޗްއެސް ސެޝަން ފޮޓޯ:ސްޓެލްކޯ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

22 މޭ 2025، 01:23

22 މޭ 2025، 01:23

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އާއި އެ ކުންފުނީގެ މުހިންމު ބައިވެރިއެއް ކަމުގައިވާ ފިންލޭންޑްގެ ކުންފުނި ވާޓްސިލާ ގުޅިގެން، ސްޓެލްކޯގެ މުވައްޒަފުންނަށް ޚާއްޞަކޮށްގެން ކޮލިޓީ، އެންވަޔަރަންމަންޓަލް، ހެލްތު އެންޑް ސޭފްޓީ (ކިއުއީއެޗްއެސް) ސެޝަނެއް ބާއްވައިފިއެވެ.
މި ސެޝަން ބޭއްވުނީ ސްޓެލްކޯގެ މައި އޮފީހުގައެވެ. ސެޝަނުގައި ވާޓްސިލާގެ އިސްވެރިންނާއި، ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސެއިން ފަހުމީ ހިމެނޭ ގޮތަށް ސްޓެލްކޯގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.
ސްޓެލްކޯއިން މައުލޫމާތު ދެއްވި ގޮތުގައި، މި ސެޝަނަކީ އީޖާދީ ކަންކަމާއި، ދެމެހެހެއްޓެނިވި ގޮތެއްގައި ތަރައްގީވުމާއި، ހިންގުމުގެ ފެންވަރު މަތިކުރުމަށް ދެ ކުންފުނީގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުމުގައި ލިބުނު ވަރަށް ބޮޑު ކާމިޔާބީއެކެވެ.
މި ސެޝަންގައި ވާޓްސިލާއިން ވަނީ ސްޓެލްކޯއަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި ސްޓެލްކޯގެ އަގު ވަޒަންކޮށް ހަނދާނީ ފިލައެއް އަރުވާފައެވެ. އަދި ސްޓެލްކޯއިން ވެސް ވަނީ ވާޓްސިލާ އާ އެކު އޮތް 10 އަހަރުގެ ކާމިޔާބު ގުޅުމުގެ އަގު ވަޒަންކޮށް، ވާޓްސިލާއަށް ހަނދާނީ ފިލައެއް އަރުވާފައެވެ.




ސްޓެލްކޯގެ ފެސިލިޓީތަކުގައި މިހާރުވެސް ޖުމްލަ 86 މެގަވޮޓްގެ ކެޕޭސިޓީގެ 14 ވާޓްސިލާ އިންޖީނު ހިންގަމުން ގެންދެއެވެ. މި އިންޖީނުތަކަކީ ރާއްޖޭގެ ހަކަތައިގެ ވިއުގަ ހަރުދަނާކޮށް، ރާއްޖޭގެ ތަރައްގީއަށް މުހިންމު ދައުރެއް އަދާކުރާ އިންޖީނުތަކެކެވެ.
ސްޓެލްކޯ އާއި ވާޓްސިލާ އާ ދެމެދު އޮންނަ ގުޅުން ފެށިފައިވަނީ 1990 ގައި ސްޓެލްކޯއިން މާލޭގެ ޕަވަރ ސްޓޭޝަނަށް ވާޓްސިލާގެ ފުރަތަމަ އިންޖީނުތައް ގަތުމާ އެކުގައެވެ. އޭގެ ފަހުން މި ގުޅުން ވަނީ އިތުރަށް ފުޅާވެފައެވެ. މިހާރު ރާއްޖޭގައި ވާޓްސިލާއިން ފޯރުކޮށްދީފައިވާ ޖުމްލަ ކަރަންޓު އުފެއްދުމުގެ ޤާބިލުކަން ގާތްގަނޑަކަށް 100 މެގަވޮޓަށް އަރައެވެ.

                    

މި ލިޔުން ކިޔާލުމުން

Ads by MSS