Ads by Exprox

ޚަބަރު

މާލޭގައި އަލިފާނުގެ ހާދިސާއެއް ހިނގައި، އަނިޔާވި މީހަކަށް ފަރުވާދެނީ!

މާލޭގައި އަލިފާނުގެ ހާދިސާއެއް ހިނގައި، އަނިޔާވި މީހަކަށް ފަރުވާދެނީ!

މާލޭގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި އަލިފާން ނިއްވުމުގައި ސިފައިން ހަރަކާތްތެރިވަނީ. ފޮޓޯ: މިހާރު

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

26 އޯގަސްޓު 2024، 04:31

26 އޯގަސްޓު 2024، 04:31

ހުލާސާ

މާލޭގައި އަލިފާނުގެ ހާދިސާއެއް ހިނގައި، ހާދިސާގައި އަނިޔާވި މީހަކަށް ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ.

މާލޭގައި އަލިފާނުގެ ހާދިސާއެއް ހިނގައި، ހާދިސާގައި އަނިޔާވި މީހަކަށް ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ.

މާލޭގައި މިރޭ ހިނގި މިއަލިފާނުގެ ހާދިސާ ހިނގައިފައިވަނީ ގ.ސެންޓުގެ ހުންނަ ގޯޅިތެރޭގައެވެ.

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން މިހާދިސާއާއި ގުޅިގެން ބުނެފައިވާ ގޮތުގައި، މި ހާދިސާ ރިޕޯޓުކުރެވިފައިވަނީ މިރޭ 8:43 ހާއިރުއެވެ. އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ފަރާތުން ވަރަށް އަވަހަށް މި ހާދިސާ ހިނގި ސަރަޙައްދަށް ގޮސް، އަލިފާން ނިއްވުމުގެ މަސައްކަތް ކުރިއަށް ގެންދިޔަ ކަމަށްވެސް ބުނެފައިވެއެވެ.

އެމްއެންޑީއެފްއިން އިތުރަށް ހާމަކުރެއްވި ގޮތުގައި، މިހާރު ވަނީ އަލިފާން މުޅިން ނިއްވާލެވިފައެވެ. ނަމަވެސް މި ހާދިސާގައި އަލިފާނުގެ ދުމުގެ އަސަރުކޮށް އެކަކަށް ވަނީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ފަރުވާ ދޭން ޖެހިފައެވެ.

މި ހާދިސާގައި ގެއަށް ލިބުނު ގެއްލުމުގެ ތަފްސީލު އަދި އެމްއެންޑީއެފްއިން ހާމަކޮށްފައެއް ނުވެއެވެ. އަދި މި ހާދިސާ ހިނގި ސަބަބާ ގުޅޭ ގޮތުން ވެސް އަދި އެއްވެސް ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.

މިފަހަކަށް އައިސް މާލޭގައި މިފަދަ ހާދިސާތައް ހިނގަމުންދާ މިންވަރު ވަނީ އިތުރުވެފައެވެ. އަދި މިކަންކަމާއި ގުޅިގެން އަޅާނެ އެކަށީގެންވާ ފިޔަވަޅުތައް ދެނެގަންނަމުންދާ ކަމާއި ބެހޭ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ

މި ލިޔުން ކިޔާލުމުން

Ads by Stelco