ދުނިޔެ

ވޮޝިންޓަންގައި ހުންނަ އިޒްރާއިލް އެމްބަސީގެ ދެމުވައްޒަފެއްގެ ގަޔަށް ބަޑިޖަހައި މަރާލައިފި

ވޮޝިންޓަންގައި ހުންނަ އިޒްރާއިލް އެމްބަސީގެ ދެމުވައްޒަފެއްގެ ގަޔަށް ބަޑިޖަހައި މަރާލައިފި

ބަޑީގެ ހަމަލާދިން ސަރަހައްދު

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

22 މޭ 2025، 03:51

22 މޭ 2025، 03:51

އެމެރިކާގެ ވެރިކަން ކުރާ ވޮޝިންޓަންގައި ހުންނަ އިޒްރާއިލް އެމްބަސީގެ ދެމުވައްޒަފެއްގެ ގަޔަށް ބަޑިހަައި މަރާލައިފިއެވެ.

މިދެމީހުންނަށް ބަޑީގެ ހަމަލާދީފައިވަނީ ވޮޝިންޓަންގައި ހުންނަ ޖުވިޝް މިޔުޒިއަމްއެއްގައި އޮތް އިވެންޓެއް ނިންމާލުމަށްފަހު ނުކުމެތިއްބައެވެ. އަދި އެދެމީހުންނަށް ހަމަލާދީފައިވަނީ ބަޑިހިފައިގެން އައި އެންމެ މީހެއް ކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި އެކަމަށް ޝައްކުކުރެވޭ މީހާ މިހާރު ވޮޝިންްޓަންގެ ފުލުހުންގެ ބެލުުމުގެ ދަށަށް ގެންދެވިފައިވާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ. 

އެދެމީހުންގެ ގަޔަށް ބަޑިޖެހުމަށް ފަހު ބަދިޖެހިކަމަށް ޝައްކުކުރެވޭ މީހާ މިއުޒިއަމްއަށް ވަތްކަމަށާއި އޭނާއާއި މެދު ޝައްކުވެގެން އޭނާ ހިފެހެއްޓީ އެތަނުން ކަމަށް ރިޕޯޓުތައް ބުނެއެވެ.

މިކަމާއި ގުޅިގެން ހައްޔަރުކުރި މީހާއަކީ މީގެކުރިން ކުށެއްކުރި ކަމުގެ ރިކޯޑެއް އޮތް މީހެއް ނޫންކަމަށްވެސް ރިޕޯޓުތަކުން ބުނެއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ބަޑިޖެހުން ކުށްވެރި ކުރައްވާފައެވެ. އެގޮތުން އޭނާ ޓްރޫތް ސޯޝަލް އަށް ފޮނުއްވި މެސެޖެއްގައި ބުނެފައިވަނީ އެމެރިކާގައި ނަފްރަތާ ދެކޮޅުވެރިކަމާ އަނިޔާވެރިކަމަށް ޖާގަނޯންނާނެ ކަމަށެވެ.

އިޒްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނީ ހަމަލާގެ ޝިކާރައަކަށްވި މީހުންގެ އާއިލާތަކަށް ޓަކައި ހިތާމަކުރާ ކަމަށެވެ.

ނަތަންޔާހޫގެ ބަޔާނުގައި ބުނެފައިވަނީ ފެނިގެންމިދަނީ އިޒްރާއިލާއި ޔަހޫދީންނާއި ދެކޮޅަށް ހިންގާ އަނިޔާވެރި ޢަމަލުތައްކަމަށެވެ. އަދި މިގޮތައް އޮހޮރޭ އިޒްރާއިލްގެ މީހުންގެ ލެޔާއިމެދު ޣާފިލްނުވެ އޭގެ ވަރުގަދަ ބަދަލެއް ހިފާނެކަމަށް ނަތަންޔާހޫގެ ބަޔާނުގައި ވަނީ ބުނެފައެެވެ. 

އިޒްރާއިލްގެ އެދެމީހުންގެ މަރާއި ގުޅިގެން ހައްޔަރުކުރި މީހާ ހައްޔަރުކޮށްގެން ގެންދިޔަ ވަގުތު ފަލަސްޠީނު މިނިވަންކުރުމަށް ދިޔައީ ގޮވަމުންނެވެ. 

ހިނގާމިދިޔަ ހާދިސާއަކީ އޭގެ ބަދަލު ނަތަންޔާހޫއާއި އިޒްރާއިލް ސިފައިން ފަލަސްޠީނުގެ ނިކަމެތި ރައްޔިތުންގެ ކިބައިން ހިފާނެ ކަމެއްކެވެ. ޔޫރަޕްގެ ޤައުމުތަކުން ޣައްޒާއަށް އެހީވެއްދުމަށް ކުރަމުންއައި ޕްރެޝަރގެ ސަބަބުން މަދު ޢަދަދަކުން އެހީ ވައްދަން ހުއްދަދީފައިވާއިރު މިހަމަލާގެ ސަބަބުން އިޒްރާއިލުން އަނެއްކާވެސް އެމަގު ބަންދުކުރުމަކީ އެކަށީގެންވާ ކަމެކެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS