Ads by Aqeeqa Maldives

ޚަބަރު

ފުލުހުންގެ މައި މަރުކަޒާއި ޑާޓާ ސެންޓަރު ހުޅުމާލޭގައި އެޅުމަށް އެޗްޑީސީއާއެކު އެއްބަސްވުމުގައި ސޮއިކޮށްފި

ފުލުހުންގެ މައި މަރުކަޒާއި ޑާޓާ ސެންޓަރު ހުޅުމާލޭގައި އެޅުމަށް އެޗްޑީސީއާއެކު އެއްބަސްވުމުގައި ސޮއިކޮށްފި

ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއީލް ނަވީން އަދި އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ މައުރޫފް ޖަމީލް ފޮޓޯ:އެޗްޑީސީ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

22 މޭ 2025، 04:33

22 މޭ 2025، 04:33

ދިވެހި ފުލުހުންގެ ޚިދުމަތުގެ މައި މަރުކަޒާއި ޑާޓާ ސެންޓަރު ހުޅުމާލޭގައި އެޅުމަށް ނިންމައި، އެކަމުގެ އެއްބަސްވުމުގައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއެކު ސޮއިކޮށްފިއެވެ.


މި އެއްބަސްވުމުގައި ފުލުހުންގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއީލް ނަވީންއެވެ. އަދި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މައުރޫފް ޖަމީލެވެ. ނަމަވ ނަމަވެސް، މި މަޝްރޫޢާ ގުޅޭ އިތުރު މަޢުލޫމާތެއް ފުލުހުން މިވަގުތު ހާމަކޮށްފައެއް ނުވެއެވެ.


މިހާރު ފުލުހުންގެ މައި މަރުކަޒުގެ ގޮތުގައި ބޭނުންކުރަމުން އަންނަނީ 1999 ވަނަ އަހަރު ހުޅުވުނު ޝަހީދު ހުސައިން އާދަމް ބިލްޑިންގއެވެ. މި އިމާރާތް އެންމެ ފުރަތަމަ ބޭނުންކުރީ ފުލުހުންނާއި ސިފައިންނެވެ. ނަމަވެސް ފުލުހުންނާއި ސިފައިން ވަކިވުމާ ގުޅިގެން މި އިމާރާތް ވަނީ ފުލުހުންނަށް ޚާއްސަކުރެވިފައެވެ.


ދިވެހި ފުލުހުންގެ ޚިދުމަތް ފުޅާކުރުމުގެ މަސައްކަތްތައް ކުރިއަށްދާއިރު، ކްރިމިނަލް އިންވެސްޓިގޭޝަނަށް ވަކި އިމާރާތެއް ވަނީ ޚާއްސަކުރެވިފައެވެ. އަދި ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައިވެސް ޕޮލިސް ސްޓޭޝަނެއް ވަނީ ޤާއިމްކުރެވިފައެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS