ދުނިޔެ
ހަނގުރާމަ ފެށިފަހުން މިހާތަނަށް ޣައްޒާގެ 16،503 ކުޑަކުދިން ވަނީ ޝަހީދުކޮށްލާފައި

ހަނގުރާމައިގައި ޝަހީދުވި ތުއްތުކުއްޖެއްގެ ހަށިގަނޑު ހިފައިންގެ އެކުއްޖާގެ މަންމަ
ޣައްޒާގައި ކުރިއަށްދާ ހަނގުރާމައިގައި މިހާތަަނަށް ޣައްޒާގެ 16،503 ކުޑަކުދިން ޝަހީދުކޮށްލާފައިވާ ކަމަށް ޣައްޒާގެ ޞިއްޙީ ވުޒާރާއިން ބުނެފިއެވެ.
ޣައްޒާގެ ޞިއްޙީ ވުޒާރާއިން ހާމަކޮށްފައިވާ އަދާހަމަތަކަށް ބަލާއިރު އިޒްރާއިލްގެ ހަމަލާތަކުގެ ސަބަބުން ޣައްޒާގެ އެއްއަހަރުން ދަށުގެ 916 ކުދިން ވަނީ ޝަހީދުވެފައެވެ. އެއްއަހަރާއި ފަސް އަހަރާއި ދެމެދުގެ 4،365 ކުދިން ޝަހީދުވެފައިވެއެވެ. އަދި 6އަހަރާއި 12 އަހަރާއި ދެމެދުގެ 6،101 ކުއްޖަކު ވަނީ ޝަހީދުކޮށްލައިފައެވެ. ހަމަމިއާއިއެކު 13 އަހަރާއި 17 އަހަރާއި ދެމެދުގެ 5،124 ކުއްޖަކު ޝަހީދުކޮށްލައިފައިވެއެވެ.
ޣައްޒާގެ ޞިއްޙީ ވުޒާރާގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ޣައްޒާގައި ހިންގަމުންދާ ނަސްލު ނައްތާލުމުގެ ތެރޭގައި 343 ކުދިން އުފަންވެ ޝަހީދުވެފައިވެއެވެ.
343 ކުދިކުދި ފުރާނަ ދުނިޔެއަށް ވަދެގެން ދިޔައީ އުފަންވިތާ ކުޑަވަގުތު ކޮޅެއްގެ ތެރޭގައި ޝަހީދުވެގެން ގޮސްފައިވަނީ ވައިގެ ހަމަލާތަކާއި، ކަރަންޓް ކެނޑުމާއި،އިންކިއުބޭޓަރު ނެތުމާއި، ނުވަތަ ބޭސްފަރުވާ ލަސްވުމުގެ ސަބަބުން.
ވުޒާރާގެ ބަޔާނުގައި ވެއެވެ.އެކުދިން އުފަންވީ ހަނގުރާމައަށް. އެކުދިންގެ އުފަންވުން އިޒްރާއިލްގެ ޖަރީމާތަކަށް ހެކިދޭ.
ޣައްޒާގެ ޞިއްޙީ ވުޒާރާއިން ބުނެފައިވެއެވެ.
2023ގެ އޮކްޓޯބަރު މަހުން ފެށިގެން 53،000 މީހުން ޝަހީދުވެ، އިތުރު 122،197 މީހުން ޒަޚަމްވެފައިވެއެވެ.
ނަސްލު ނައްތާލުމަށް އިޒްރާއިލުން ކުރިއަށްގެންދާ ހަމަލާތައް މެދުކަނޑާލުމަށްފަހު، މާޗް މަހުގެ 18 ވަނަ ދުވަހު ހަމަލާތައް ފެށިފަހުންވެސް 3،613 މީހުން ޝަހީދުކޮށްލައި، 10،156 މީހުން ވަނީ ޒަހަމްކޮށްލައިފައެވެ.