Ads by Aqeeqa Maldives

ޚަބަރު

ސަރުކާރުގެ އަމާޒަކީ ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒު ބައިނަލްއަޤްވާމީ ފެންވަރަށް ގެންދިއުން

ސަރުކާރުގެ އަމާޒަކީ ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒު ބައިނަލްއަޤްވާމީ ފެންވަރަށް ގެންދިއުން

ދިވެހި އުފެއްދުންތެރިކަމުގެ އެކްސްޕޯ 2025 ފޮޓޯ: ޕީއެސްއެމް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

22 މޭ 2025، 10:22

22 މޭ 2025، 10:22

ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒު އަހަރުން އަހަރަށް އިތުރަށް ފުޅާކޮށް، ބައިނަލްއަޤްވާމީ ފެންވަރުގެ މައުރަޒަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުން މަސައްކަތްކުރައްވާނެ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަބްދުﷲ ސިޔާޒް ވިދާޅުވެއްޖެއެވެ.


6 އަހަރުގެ މެދުކެނޑުމަކަށްފަހު މާދަމާ ފެށުމަށް ހަމަޖެހިފައިވާ މި މައުރަޒަކީ ރައީސް މުއިއްޒުގެ އިސްނެންގެވުމާއެކު ރާއްޖޭގެ އިޤްތިޞާދު ސިންދަފާތުކޮށް، އިތުރަށް ފުޅާކުރެއްވުމަށް ސަރުކާރުން ފައްޓަވާފައިވާ މަސައްކަތުގެ ދަށުން ބާއްވަވާ މައުރަޒެކެވެ. މި މައުރަޒުގެ މަޤްޞަދަކީ ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކުރުމާއި ވިޔަފާރި ފުޅާކުރުމެވެ.


ސްޓޭޓް މިނިސްޓަރ ސިޔާޒު ވިދާޅުވިގޮތުގައި މައުރަޒުގައި ހިމެނެނީ ވާދަކުރުމުގެ ބަޔަކާއި އުފެއްދުންތައް ދައްކާލުމުގެ ބައެވެ. ވާދަކުރުމުގެ ބައިން 3000 އަށްވުރެ ގިނަ އުފެއްދުން މި މައުރަޒުން  ފެނިގެންދާނެ ކަމަށާއި، ދައްކާލުމުގެ ބައިންވެސް ގިނަ އަދަދެއްގެ ތަކެތި ބައިވެރިކޮށްފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.


"ރައީސްގެ ޚާއްސަ އިސްނެންގެވުމުގެ މަތިން އަހަރުން އަހަރަށް ފުޅާކުރެވިގެންދާ އަދި ބައިނަލްއަޤްވާމީ ފަރާތްތަކުންވެސް ބައިވެރިވާ މައުރަޒެއްގެ ގޮތުގައި މި މައުރަޒު ކުރިއަށްގެންދިއުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައި،" ސްޓޭޓް މިނިސްޓަރ ސިޔާޒު ވިދާޅުވިއެވެ.


މައުރަޒުގައި ރާއްޖޭގެ ހުރިހާ އަތޮޅަކުން ބައިވެރިވާ ކަމަށާއި، 15 ދާއިރާއަކުން 81 ގިންތިއަކުން ތަކެތި ޑިސްޕްލޭކުރުމަށް ހުޅުވާލާފައިވާ ކަމަށް ސަރުކާރުން ވިދާޅުވެފައިވެއެވެ. މާދަމާ ފެށުމަށް ހަމަޖެހިފައިވާ މި މައުރަޒު ކުރިއަށްދާނީ ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.

                    

މި ލިޔުން ކިޔާލުމުން

Ads by MSS