Ads by Aqeeqa Maldives

ޚަބަރު

ރައީސް މުޢިއްޒުގެ ވެރިކަމުގައި ރާއްޖޭގެ އުފެއްދުންތެރިކަން 6.6 ބިލިއަން ޑޮލަރަށް އަރައިފި: ވަޒީރު ސަޢީދު

ރައީސް މުޢިއްޒުގެ ވެރިކަމުގައި ރާއްޖޭގެ އުފެއްދުންތެރިކަން 6.6 ބިލިއަން ޑޮލަރަށް އަރައިފި: ވަޒީރު ސަޢީދު

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އަދި އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ފޮޓޯ:ރައީސް އޮފީސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

22 މޭ 2025، 10:30

22 މޭ 2025، 10:30

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގައި ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތް 6.6 ބިލިއަން އެމެރިކާ ޑޮލަރަށް އަރާފައިވާ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.


ވަޒީރު މިހެން ވިދާޅުވީ  މިރޭ ބޭއްވުނު "މޯލްޑިވްސް އެކްސްޕޯ 2025" ގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ. ވަޒީރު ވިދާޅުވީ ރާއްޖޭގައި އެންމެ ފުރަތަމަ އުފެއްދުންތެރިކަމުގެ މައުރަޒެއް ބޭއްވުނީ 1944 ވަނަ އަހަރު ކަމަށާއި، 81 އަހަރު ފަހުން މިހާރު ބޭއްވޭ މައުރަޒަކީ ވަރަށް ބޮޑަށް ތަފާތު، ޚާއްޞަ މައުރަޒެއް ކަމަށެވެ.


ވަޒީރު ސަޢީދު އިތުރަށް ވިދާޅުވީ ރައީސް މުޢިއްޒުގެ ވެރިކަމުގައި ރާއްޖޭގެ އުފެއްދުންތެރިކަން ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ. ޚާއްޞަކޮށް ކްރިއޭޓިވް އިކޮނޮމީ މެއިންސްޓްރީމް ކުރުމަކީ ރައީސް މުއިއްޒުގެ މުހިންމު ސިޔާސަތެއް ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.


ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒައާމަތުގައި ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތް ނުވަތަ އުފެއްދުންތެރިކަން 6.6 ބިލިއަން އެމެރިކާ ޑޮލަރުގައި މިއަދު ހުރީ. އެއީ ގާތްގަނޑަކަށް 1990 ގައި 215 މިލިއަން ގައި ހުރި އުފެއްދުންތެރިކަން  

ވަޒީރު ސަޢީދު


ވަޒީރު އިތުރަށް ވިދާޅުވީ ސަރުކާރުގެ މަސައްކަތްތަކުގެ ނަތީޖާއަކަށް ވެގެންދާނީ ދިވެހި ވިޔަފާރިވެރިން އުފައްދާ ތަކެތި ރާއްޖެއާއި ރާއްޖެއިން ބޭރުގެ މާކެޓްތަކަށް ފަސޭހަކަމާއެކު ފޯރުކޮށްދެވޭނެ ނިޒާމެއް ޤާއިމްކުރެވިގެން ދިއުން ކަމަށެވެ. އަދި ފަތުރުވެރިކަމަށް އެކަނި ބަރޯސާވެފައި އޮތުމުގެ ބަދަލުގައި އެހެން ސިނާއަތްތައްވެސް ކުރިއަރުވައި، އިޤްތިޞާދު ސިންދަފާތުކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތާއެކު އިޤްތިޞާދަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.

                    

މި ލިޔުން ކިޔާލުމުން

Ads by MSS