Ads by Aqeeqa Maldives

ޚަބަރު

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ދާއިރާއިން ފަޚުރުވެރި އެއްވަނަ ސްޓެލްކޯއަށް

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ދާއިރާއިން ފަޚުރުވެރި އެއްވަނަ ސްޓެލްކޯއަށް

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ މެނޭޖިންގް ޑައިރެކްޓަރަށް އިނާމް ހަވާލުކުރައްވަނީ ފޮޓޯ:ރައީސް އޮފީސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

23 މޭ 2025، 01:20

23 މޭ 2025، 01:20

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025 ގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ދާއިރާއިން އެއްވަނަ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އަށް ލިބިއްޖެއެވެ.


ރޭ ސޯޝަލް ސެންޓަރުގައި ބޭއްވުނު އިނާމު ދިނުމުގެ ޖަލޖަލްސާގައި މި އިނާމު ސްޓެލްކޯގެ ފަރާތުން ބަލައިގަތީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ހުސެއިން ފަހުމީއެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.


ސްޓެލްކޯއިން ބުނީ މި އިނާމު ލިބިފައިވަނީ "ރީޖަނަލް ސްކާޑާ" ސިސްޓަމް މައުރަޒުގައި ބައިވެރިކޮށްގެން ކަމަށެވެ. މި ސިސްޓަމަކީ ސްޓެލްކޯއިން ޚިދުމަތްދޭ ރަށްތަކުގެ ކަރަންޓު އުފެއްދުމުގެ ކަންތައްތައް މޮނިޓަރ ކުރުމަށް ތަރައްޤީކޮށްފައިވާ ނިޒާމެކެވެ.
"މި ނިޒާމުގެ ސަބަބުން ކަރަންޓަށް ދިމާވާ މައްސަލަތައް އަވަހަށް ހައްލުކުރެވި، ކަރަންޓު ކެނޑުން މަދުކުރެވޭނެ. އަދި ކުރިއަށް އޮތްތަނުގައި ކަރަންޓަށް ބޭނުންވާނެ މިންވަރު އިތުރަށް ސައްހަކަމާއެކު ލަފާކުރެވޭނެ،" ސްޓެލްކޯގެ ފަރާތުން ބުންޏެވެ.


މި ކާމިޔާބީއާ ގުޅިގެން ސްޓެލްކޯއިން ވަނީ އެ މަސައްކަތުގައި ބައިވެރިވި ޓީމަށާއި އެންމެހާ މުވައްޒަފުންނަށް ޚާއްޞަ ޝުކުރެއް ދަންނަވާފައެވެ.



ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025 އަކީ ދިވެހިރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކޮށް ވިޔަފާރި ފުޅާކުރުމުގެ މަޤްޞަދުގައި ބާއްވާ މައުރަޒެކެވެ. މި މައުރަޒު ކުރިއަށްދަނީ 23 މެއި އިން 31 މެއިގެ ނިޔަލަށެވެ. މައުރަޒު އިންތިޒާމްކޮށް ކުރިއަށް ގެންދަނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑާއި، ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީ.ސީ.ސީ) ގުޅިގެންނެވެ.


                    

މި ލިޔުން ކިޔާލުމުން

Ads by MSS