Ads by Aqeeqa Maldives

ޚަބަރު

ބ. ކެންދޫގައި ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކޮށް ނިމިއްޖެ

ބ. ކެންދޫގައި ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކޮށް ނިމިއްޖެ

ބ. ކެންދޫގައި ފެނާއި ނަރުދަމާ ނިޒާމު ފޮޓޯ:އެމްޑަބްލިއުއެސްސީ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

23 މޭ 2025، 02:24

23 މޭ 2025، 02:24

މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން ބ. ކެންދޫގައި ކުރިއަށް ގެންދިޔަ ފެނާއި ނަރުދަމާ ނިޒާމު ޤާއިމްކުރުމުގެ މަސައްކަތްތައް ނިންމައި ކޮމިޝަންކޮށްފިއެވެ. މި މަޝްރޫޢު ކޮމިޝަންކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔައީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާވެށި ބެހޭ ވުޒާރާއާއި، ފެނަކަ އަދި އެމްޑަބްލިޔުއެސްސީގެ އިސް ބޭފުޅުން ކެންދޫއަށް ވަޑައިގެންނެވެ.


މި މަޝްރޫޢުގެ ދަށުން، ކެންދޫގައި ފެނުގެ ނިޒާމު ޤާއިމްކުރުމަށްޓަކައި ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރެވުނު ފެސިލިޓީ ބިލްޑިންގ ޤާއިމްކޮށް، ފެނުގެ މައި ނެޓްވޯކް އަޅައި، އަދި ގޭގެއަށް ފެނުގެ ކަނެކްޝަން ގުޅައިދީފައިވެއެވެ. އަދި ފެން އުފެއްދުމަށްޓަކައި ފެން ޕްލާންޓް ބަހައްޓައި، ބައި، ބޯހޯލް ތޮރުފައި، ރިޖެކްޓް ލައިން އަޅައި، އަދި ފެން ރައްކާކުރުމަށް ފެންތާނގީ ބަހައްޓާފައިވާކަމަށް އެމްޑަބްލިޔުއެސްސީން މަޢުލޫމާތު ދެއެވެ.


ނަރުދަމާ ނިޒާމު ޤާއިމްކުރުމުގެ މަސައްކަތުގެ ދަށުން، ނަރުދަމާގެ މައި ނެޓްވޯކާއި ޕަމްޕިންގ ލައިން އަޅައި، ޕަންޕިންގ ސްޓޭޝަން ޤާއިމްކޮށް، ސީ އައުޓްފޯލް އަޅައި، އަދި ގޭގޭގައި ޖަންކްޝަން ބަހައްޓައި ނަރުދަމާގެ ކަނެކްޝަން ގުޅައިދީފައިވެއެވެ. މީގެ އިތުރުން، ފެން ތަޙުލީލުކުރުމަށް ބޭނުންވާ ސާމާނާއި ނަރުދަމާ ނިޒާމު ހިންގައި ބެލެހެއްޓުމަށް ބޭނުންވާ ވެހިކަލް ފޯރުކޮށްދޭނެ ކަމަށްވެސް އެމްޑަބްލިޔުއެސްސީން ބުނެފައިވެއެވެ.



އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާވެށި ބެހޭ ވުޒާރާގެ ފަރާތުން އެމްޑަބްލިޔުއެސްސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މި މަޝްރޫޢަށް 56.26 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. މި މަޝްރޫޢުގެ ސަބަބުން ކެންދޫގެ ރައްޔިތުންނަށް ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާ ނިޒާމެއް ލިބިގެންދާނެ ކަމަށް އެމްޑަބްލިޔުއެސްސީން ފާހަގަކޮށްފައިވެއެވެ.


                    

މި ލިޔުން ކިޔާލުމުން

Ads by MSS