ދުނިޔެ

ޓްރަމްޕް އިދާރާއިން ހާވަޑް ޔުނިވަރސިޓީގެ ބޭރުގެ ދަރިވަރުން ވެއްދުމުގެ ހުއްދަ ބާޠިލްކޮށްފި

ޓްރަމްޕް އިދާރާއިން ހާވަޑް ޔުނިވަރސިޓީގެ ބޭރުގެ ދަރިވަރުން ވެއްދުމުގެ ހުއްދަ ބާޠިލްކޮށްފި

ހާވާޑް ޔުނިވަރސިޓީ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

23 މޭ 2025، 04:09

23 މޭ 2025، 04:09

އެމެރިކާގެ އެންމެ ނަން މަޝްހޫރު ޔުނިވަރސިޓީތަކުގެ ތެރެއިން އެއް ޔުނިވަރސިޓީ ކަމުގައިވާ ހާވަޑް ޔުނިވަރސިޓީއަށް ބޭރުގެ ދަރިވަރުން ވެއްދުމުގެ ހުއްދަ ޓްރަމްޕް އިދާރާއިން ބާޠިލްކޮށްފިއެވެ. މިއީ ހޯމްލޭންޑް ސެކިއުރިޓީ ޑިޕާޓްމަންޓުން (ޑީއެޗްއެސް) ކުރަމުންދާ ތަޙްޤީޤުތަކާ ގުޅިގެން އަޅާފައިވާ ފިޔަވަޅެކެވެ.


ބައިނަލްއަޤްވާމީ ނޫސްތަކުން ރިޕޯޓުކުރާ ގޮތުގައި، މި ނިންމުން އަންގައިދޭ ރަސްމީ ސިޓީއެއް ހޯމްލޭންޑް ސެކިއުރިޓީގެ ސެކްރެޓަރީ ކްރިސްޓީ ނޯމް ވަނީ ބުރާސްފަތި ދުވަހު ހާވަޑް ޔުނިވަރސިޓީއަށް ފޮނުވާފައެވެ. މި ސިޓީގައި ވަނީ ސްޓޫޑެންޓް އެންޑް ވިޒިޓަރ އެކްސްޗޭންޖް ޕްރޮގްރާމް (އެސްއީވީޕީ) ގެ ދަށުން ހާވަޑަށް ދީފައިވާ ހުއްދަ ހިފަހައްޓާފައިވާ ކަމަށް އަންގާފައެވެ. މިކަމުގެ ސަބަބުން ހާވަޑަށް އަލަށް ބޭރުގެ ދަރިވަރުން ވެއްދުން މަނާވެ، މިހާރު ކިޔަވަމުންދާ ބޭރުގެ ދަރިވަރުން އެހެން ތަންތަނަށް ބަދަލުކުރަން ޖެހޭނެއެވެ.


ޑީއެޗްއެސްއިން ބުނެފައިވާ ގޮތުގައި މި ނިންމުމަކީ ޤައުމީ ސަލާމަތާއި ވިސާ ގަވާއިދުތަކާ ހާވަޑުން އަމަލުކުރަމުންދާ ގޮތާ ގުޅޭގޮތުން ކުރެވެމުންދާ ފެޑެރަލް ތަޙްޤީޤަކާ ގުޅިގެން ނިންމާފައިވާ ނިންމުމެކެވެ. ނަމަވެސް މި ތަޙްޤީޤުގެ ތަފްސީލުތައް ހާމަކޮށްފައެއް ނުވެއެވެ.
މިއީ ހާވަޑާއި ޓްރަމްޕް އިދާރާއާ ދެމެދު އުފެދިފައިވާ ހަމަނުޖެހުންތަކުގެ އިތުރު ބާބެކެވެ. މީގެ ކުރިން މިއަހަރު، ވައިޓް ހައުސްއިން ވަނީ 256 މިލިއަން ޑޮލަރުގެ ފެޑެރަލް އެއްބަސްވުންތައް ހިފަހައްޓައި، 8.7 ބިލިއަން ޑޮލަރުގެ ކުރިއަށް ހުރި ގްރާންޓްތައް މުރާޖަޢާކުރަން ނިންމާފައެވެ. މިކަމުގެ މައިގަނޑު ސަބަބެއްގެ ގޮތުގައި ސަރުކާރުން ފާހަގަކޮށްފައިވަނީ ހާވަޑްގެ ކެމްޕަހުގައި ފެންނަމުންދާ ޔަހޫދީ ދެކޮޅު އަމަލުތަކާ ދެކޮޅަށް އެކަށީގެންވާ ފިޔަވަޅު ނޭޅުމެވެ.


ހާވަޑް ޔުނިވަރސިޓީން މިކަމާ ދެކޮޅަށް ވަރަށް ހަރުކަށި އިބާރާތުން ބަޔާނެއް ނެރެ، މިއީ "ޤާނޫނާ ޚިލާފު އަދި ސިޔާސީ ބޭނުމަށް ކޮށްފައިވާ ކަމެއް" ކަމަށް ބުނެފައިވެއެވެ. އަދި މިކަމުގެ ސަބަބުން ހަމައެކަނި ހާވަޑަށް ނޫން، މުޅި އެމެރިކާގެ މަތީ ތަޢުލީމުގެ ބައިނަލްއަޤްވާމީ ޤަދަރަށްވެސް ބޮޑެތި ގެއްލުންތަކެއް ލިބިގެންދާނެ ކަމަށް އިންޒާރު ދީފައިވެއެވެ. ޔުނިވަރސިޓީގެ އިސްވެރިން ވަނީ ސިޔާސީ ފައިދާއަށްޓަކައި އެކަޑެމިކް މިނިވަންކަމާއި ބައިނަލްއަޤްވާމީ އެއްބާރުލުމަށް އަމާޒުކޮށް މިފަދަ ފިޔަވަޅު އަޅާފައިވާ ކަމަށް ތުހުމަތުކޮށްފައެވެ.


ޤާނޫނީ ދާއިރާގެ މާހިރުން ބުނާ ގޮތުގައި މި ނިންމުމަކީ ކޯޓުތަކުގައި ގޮންޖެހުންތަކާ ކުރިމަތިވެދާނެ ނިންމުމެކެވެ. އަދި ތަޢުލީމީ ދާއިރާގެ ވަކާލާތުކުރާ ފަރާތްތަކުން މިއީ ތަފާތު ކުލަތައް އެއްކުރުމަށް އަމާޒުކޮށް އަޅާފައިޅާފައިވާ ފިޔަވަޅެއް ކަމަށާއި، ބައިނަލްއަޤްވާމީ އެކަޑެމިކް މުޖުތަމަޢުއަށް ލިބޭ ބޮޑު ހަމަލާއެއް ކަމަށް ބުނެފައިވެއެވެ.
    

މި ލިޔުން ކިޔާލުމުން

Ads by MSS