ޚަބަރު
ދިވެހި ޙާޖީންނަށް މައްކާ ރޫޓް އިނިޝިއޭޓްވި އިފްތިތާޙުކުރުމުގެ ތާރީޚީ ޖަލްސާއަށް ސައޫދީއިން ވަޑައިގަންނަވާ ވަފުދުތައް މިއަދު އަންނަން ފަށާނެ

މައްކާ ރޫޓް އިނީޝިއޭޓިވް އަށް ބޭނުންވާ އިންތިޒާމްތައް އެއަރޕޯޓުގައި ހަމަޖެއްސުން. ފޮޓޯ: އިސްލާމީ ވުޒާރާ
ދިވެހި ޙާޖީންނަށް މައްކާ ރޫޓް އިނީޝިއޭޓިވް އިފްތިތާޙްކުރުމުގެ ތާރީޚި ޖަލްސާއަށް ސަޢޫދީޢަރަބިއްޔާއިން ވަޑައިގަންނަވާ ވަފުުދައް މިއަދު ރާއްޖެ އަންނަން ފަށާނެ ކަމަށް އިސްލަމީ ކަންތައްތަކާއި ބެހޭ ވަޒީު ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު ޑރ ޝަހީމް ވިދާޅުވީ ސަޢޫދީގެ ޙައްޖު މިނިސްޓްރީއާއި ފޮރިން މިނިސްޓްރީއާ އިމިގެންރޭޝަން އިން މަތީފެންވަރުގެ 42 ބޭފުޅަކު ވަޑައިގަންނަވާނެ ކަމަށެވެ. ވަފުދުގެ އިސްކޮށް ވަޑައިގަންވަނީ މައްކާ ރޫޓް އިނިޝިއޭޓިވް ކޮމިޓީގެ ޗެއާމަން އަދި ސައޫދީ ދާޚިލީ ވަޒީރުގެ އެޑްވައިޒަރު ލެފްޓިނެންޓް ޖެނެރަލް ހިޒް އެކެސެލެންސީ ސުލައިމާން ބިން އަބްދުލްއަޒީޒު އަލްޔަޙްޔާ ކަމަށާއި އެމަނިކުފާނަކީ ވަޒީރުފެންވަރުގެ ބޭފުޅެއް ކަމަށް ވަޒީރު ޝަހީމް ވިދާޅުވިއެވެ.
ޖަލްސާ އޮންނާނީ މި މަހުގެ 26 ވާ ހޯމަ ދުވަހު ކަމަށާއި، މައްކާ ރޫޓް އިނިޝިއޭޓިވް އިފްތިތާޙުކޮށް ދެއްވާނީ ރާއްޖޭގެ އިއްޒައްތެރި ރައީސުލްމުހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ ދެކަނބަލުން ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ރަސްގެފާނު ސަލްމާންގެ ޚާއްޞަ އިރުޝާދުގެ ދަށުން މައްކާ ރޫޓްގައި ރާއްޖެ ހިމެނުއްވީ މިކަމުގައި ޤައުމުތަކަށް ކަންޑައަޅާފައި އޮންނަ ހުރިހައި ޝަރުޠަކުން ރާއްޖެ އިސްތިސްތިސްނާކޮށް ޚާއްޞަ ކަން ދެވިގެން ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
މައްކާ ރޫޓްގައި ޙައްޖުވެރިން ސައުދީ އިމިގްރޭޝަންގައި ޖިއްދާގައި އެއާޕޯޓްގައި އެރައިވަލްގައި ޕާސްޕޯޓް ސެޓޭމްޕް ޖަހަންށާއި ލަގެޖް ނަގަން މަޑުކުރާކަން ނުޖެހޭނެ ކަމަށާއި، މަތިންދާ ބޯޓުން ފައިބާ ގޮތައް ހޮޓަލަށް ދެވޭނެ ކަމަށާއި އަދި ލަގެޖް ވެސް ލިބޭނީ ހޮޓަލަށް ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
އަދި ޙައްޖުވެރިންނަށް ރަސްމީކޮށް ޖިއްދާ އެއާރޕޯޓްގައި އިސްތިޤުބާލުކުރާނެ ކަމަށާއި މިއީ ޖިއްދާ އެއާޕޯޓްގައި އެތައް އިރަކު ތިބުން ނިމުމަކަށް ގެންނާނެ ތާރީޚީ ފަސޭހަކަމެއް ކަމަށްވެސް ވަޒީރު ޑޜ ޝަހީމް ވިދާޅުވިއެވެ.