ދުނިޔެ

އިރުމަތީ އޮސްޓްރޭލިއާގައި ރެކޯޑް އަދަދަކަށް ފެންބޮޑުވެ 4 މީހުން މަރުވެއްޖެ

އިރުމަތީ އޮސްޓްރޭލިއާގައި ރެކޯޑް އަދަދަކަށް ފެންބޮޑުވެ 4 މީހުން މަރުވެއްޖެ

ވިއްސާރައިގެ ސަބަބުން ފެންބޮޑުވެފައި އޮތް ސަރަހައްދެއް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

23 މޭ 2025، 05:10

23 މޭ 2025، 05:10

އިރުމަތީ އޮސްޓްރޭލިއާގައި ރެކޯޑު އަދަދަކަށް ފެންބޮޑުވެ، 4 މީހުން މަރުވެ، އެތައް ހާސް ބައެއް ބަންދުވެ، ގިނަ ސަރަހައްދުތަކެއް ހަލާކުވެއްޖެއެވެ.

 ދުވަސްތަކެއް ވަންދެން މެދުނުކެނޑި ވެހުނު ވާރޭގެ ސަބަބުން މިވަގުތު 50،000 އަށްވުރެ ގިނަ މީހުން ވަނީ ގެދޮރުގެއްލިފައެވެ.

ބުރާސްފަތި ދުވަހު އޮސްޓްރޭލިއާގެ ބޮޑުވަޒީރު އެންތޯނީ އަލްބަނީޒް އަދި ނިއު ސައުތު ވޭލްސްގެ ޕްރިމިއަރ ކްރިސްޓޯފަރ މިންސް ވަނީ އެންމެ ބޮޑަށް ފެންބޮޑުވި ސަރަހައްދުތަކަށް ޒިޔާރަތްކޮށްފައެވެ. މިންސް ވިދާޅުވި ގޮތުގައި މިހާތަނަށް 678 މީހުން ސަލާމަތްކުރެވިފައިވާ އިރު، އޭގެ ތެރެއިން 177 މީހުން ސަލާމަތްކުރެވިފައިވަނީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައިކަމަށެވެ.

"މިއީ ވަރަށް އުނދަގޫ ހާލަތެއްގައި، ގިނަ ރަށްވެހިން އަމިއްލަ ފުރާނައަށް ނުރައްކާވާ ގޮތަށް، އެއްވެސް ގުޅުމެއް ނެތް މީހުން ސަލާމަތްކުރުމަށް ކުރި ހިތްވަރުގަދަ މަސައްކަތެއް. ރަށްވެހިންގެ އެހީތެރިކަމެއް ނެތްނަމަ، ސަތޭކަތަކެއް މީހުން މަރުވީސް، އަޅުގަނޑުމެން އެފަރާތްތަކަށް ވަރަށް ބޮޑަށް ޝުކުރުވެރިވަން،" މިންސް ވިދާޅުވިއެވެ.

ފެންބޮޑުވުމުގެ ސަބަބުން ރަށްފުށުގެ އާބާދީތަކަށް ބޮޑެތި ގެއްލުންތަކެއް ވެ، ޖަނަވާރުތައް އޮޔާގޮސް، ގެތަކަށް ގެއްލުންވެ، މަގުތަކުގައި ކޯރުހެދިފައިވާކަމަށެވެެ. 

 އިމަޖެންސީ ސަރވިސަސްގެ ޑެޕިއުޓީ ކޮމިޝަނަރ ޑޭމިއަން ޖޮންސްޓަން އިންޒާރު ދެއްވާފައިވަނީ ފެންބޮޑުވުމުގެ ފެނުގައި ނުސާފުތަކެއްޗާއި، ވަރމިން، ހަރުފަ ފަދަ ނުރައްކާތެރި ތަކެތި ހުރެދާނެ ކަމަށެވެ.

މާހިރުންގެ ދިރާސާތަކުން ދައްކާ ގޮތުގައި މިފަދަ ހާދިސާތައް އިތުރުވަމުން އަންނަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުންނެވެ. 

ވިއްސާރައިގެ އަސަރު މިހާރު ވަނީ ސިޑްނީއާވެސް ކޮށްފައެވެ. ފެންބޮޑުވެފައިވާ ރޭލް މަގުތަކުގެ ސަބަބުން ރޭލް ޚިދުމަތްތަކަށް، އެއާޕޯޓް ޚިދުމަތްތައްވެސް ހިމެނޭގޮތަށް، އަސަރުކޮށްފައިވެއެވެ. ހުކުރު ދުވަހުގެ ހެނދުނު ސިޑްނީ އެއާޕޯޓުގެ ތިން ރަންވޭގެ ތެރެއިން ދެ ރަންވޭ އެއްގަޑިއިރަށް ބަންދުކުރަން ޖެހި، ފްލައިޓްތައް ލަސްވެފައިވެއެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS