ކުޅިވަރު

ރިއަލް މެޑްރިޑްގެ ކެޕްޓަން ލޫކާ މޮޑްރިޗް 13 އަހަރު ފަހުން ކްލަބާ ވަކިވަނީ

ރިއަލް މެޑްރިޑްގެ ކެޕްޓަން ލޫކާ މޮޑްރިޗް 13 އަހަރު ފަހުން ކްލަބާ ވަކިވަނީ

ރިއަލް މެޑްރިޑްގެ ކެޕްޓަން ލޫކާ މޮޑްރިޗް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

23 މޭ 2025، 07:02

23 މޭ 2025، 07:02

ރެއާލްމެޑްރިޑް ދޫކޮށްލަން އެ ކްލަބްގެ ކެޕްޓަން ލޫކާ މޮޑްރިޗް ނިންމައިފިކަން ރެއާލްއިން ހާމަކޮށްފިއެވެ.

މިކަން ރަސްމީކޮށް ހާމަކޮށް ރެއާލްމެޑްރިޑުން ނެރުނު ބަޔާނުގައި ބުނެފައިވަނީ އަންނަ ޖޫން މަހު އޮންނަ ކްލަބް ވޯލްޑް ކަޕަށް ފަހު ޓީމާ ވަކިވުމަށް މޮޑްރިޗް ނިންމާފައިވާކަމަށެވެ. އަދި ކްލަބަށް ކޮށްދީފައިވާ ޚިދުމަތަށް ޝުކުރުވެރިވާ ކަމަށާ އަބަދުވެސް މޮޑްރިޗަށް ކާމިޔާބަށް އެދޭކަމަށް ބަޔާނުގައިވެއެވެ.

މޮޑްރިޗް ވަނީ ރެއާލްގައި 13 ސީޒަން ހޭދަކުރިއިރު 28 ތަށި ހޯދައިފައެވެ. އޭނާ މެޑްރިޑަށް ބަދަލުވި 2012ވަނަ އަހަރު ޓޮޓެންހަމް އިން 35 މިލިއަން ޔޫރޯގެ ޓްރާންސްފާ ފީއަކަށެވެ. 590 މެޗު ރެއާލް އަށް ކުޅެދީފައިވާއިރު 43 ގޯލު އެ ކްލަބަށް ޖަހާދީފައިވެއެވެ. ކްރޮއޭޝިއާގެ ޤައުމީ ޓީމަށްވެސް 186 މެޗު ކުޅެދީގެން ޤައުމީޓީމަށް އެންމެ ގިނަ މެޗު ކުޅެދިނުމުގެ ރެކޯޑް އޮންނަނީވެސް އޭނާގެ އަތުގައެވެ. އޭނާއަކީ ރެއާލްމެޑްރިޑްގެ 123 އަހަރުގެ ދިގު ތާރީޚުގައި އެންމެ ގިނަ ތަށި ކާމިޔާބުކޮށްފައިވާ އެ ކްލަބުގެ ކުޅުންތެރިޔާވެސް މެއެވެ.

މި ކްލަބުގެ ސަޕޯޓަރުންގެ ހިތްތަކުން ދުވަހަކުވެސް މޮޑްރިޗްގެ ނަން ފިލައިގެން ނުދާނެ. އެއީ މި ކްލަބުގެ އުޞޫލުތައް ހިފެހެއްޓި އާދަޔާ ޚިލާފު މޮޅު ކުޅުންތެރިއެއް. ތާއަބަދު އޭނާގެ ލެގަސީ ދެމި އޮންނާނެ    

ކްލަބްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް

މޮޑްރިޗަކީ ފުޓްބޯޅައިގެ ތާރީޚުގައިވެސް ޔޫރަޕުގެ 6 ތަށި ކާމިޔާބު ކުރި މަދު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއެކެވެ. މި ޢަދަދަށް ތަށި ހޯދިފައިވަނީ ޖުމްލަ 5 

މި ލިޔުން ކިޔާލުމުން

Ads by MSS