Ads by Stelco

ޚަބަރު

ސްޓެލްކޯގެ ސްޓޯލަށް ރައީސްގެ ދެކަނބަލުން ޒިޔާރަތްކުރެއްވުން "ޚާއްޞަ ޝަރަފެއް" : ސްޓެލްކޯ

ސްޓެލްކޯގެ ސްޓޯލަށް ރައީސްގެ ދެކަނބަލުން ޒިޔާރަތްކުރެއްވުން "ޚާއްޞަ ޝަރަފެއް" : ސްޓެލްކޯ

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އަދި އަނބިކަނބަލުން ފޮޓޯ:ރައީސް އޮފީސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

25 މޭ 2025، 04:05

25 މޭ 2025، 04:05

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒުގައި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ޤާއިމުކޮށްފައިވާ ސްޓޯލަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަދި އެމަނިކުފާނުގެ އަނބިކަނބަލުން ޒިޔާރަތްކުރެއްވުމަކީ ކުންފުންޏަށް ލިބުނު "ޚާއްޞަ ޝަރަފެއް" ކަމުގައި ސްޓެލްކޯއިން ބުނެފިއެވެ.


ސްޓެލްކޯގެ އެކްސް އެކައުންޓުގައި ޝާއިޢުކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ރައީސްގެ ދެކަނބަލުން މި ޒިޔާރަތުގައި ސްޓެލްކޯގެ ސްޓޯލާ ގުޅޭ މަޢުލޫމާތު ހޯއްދަވައި، ކުންފުނީގެ މުވައްޒަފުންނާއެކު ވަގުތުކޮޅެއް ހޭދަކުރެއްވިކަމަށެވެ. އަދި މިކަމަށްޓަކައި ރައީސް މުޢިއްޒަށާއި އަނބިކަނބަލުންނަށް ޚާއްޞަ ޝުކުރެއް ދަންނަވާކަމަށްވެސް ސްޓެލްކޯއިން ބުނެފައިވެއެވެ.


ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025 ގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ދާއިރާއިން އެއްވަނަ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އަށް ވަނީ ލިބިފައެވެ.



ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025 އަކީ ދިވެހިރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކޮށް ވިޔަފާރި ފުޅާކުރުމުގެ މަޤްޞަދުގައި ބާއްވާ މައުރަޒެކެވެ. މި މައުރަޒު ކުރިއަށްދަނީ 23 މެއި އިން 31 މެއިގެ ނިޔަލަށެވެ. މައުރަޒު އިންތިޒާމްކޮށް ކުރިއަށް ގެންދަނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑާއި، ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީ.ސީ.ސީ) ގުޅިގެންނެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS